ބީއެމްއެލް އިން 5 ރަށެއްގައި ކޭޝް އެޖެންޓް ޚިދުމަތް ފުޅާކުރަނީ

ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭ ހިދުމަތް ތައާރަފް ކުރުމުގެ ތެރެއިން.

ބީއެމްއެލް އިން ދެމުން އަންނަ ކޭޝް އެޖެންޓުންގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ހިދުމަތް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭގޮތް ހަދައިފި އެވެ.

މި ޚިދުމަތް ފުރަތަމަ ދޭން ފެށުމަށް ބޭންކުން ނިންމާފައިވާ 5 ރަށުގެ ތެރެއިން ހިދުމަތް ފުރަތަމަ ދޭން ފެށީ ރ. ހުޅުދުއްފާރުގަ އެވެ. ކުރިއަށް އޮތް ތަނުގައި އެހެން ރަށްރަށުން ވެސް މި ހިދުމަތް ލިބޭނެ ބީއެމްއެލް އިން ބުންޏެވެ.

ކޭޝް އެޖެންޓުންނަކީ ބީއެމްއެލްގެ އޭޓީއެމެއް ނުވަތަ ބްރާންޗެއް ނެތް ރަށްތަކުގައި، ބޭންކުން ކަނޑައަޅާފައިވާ ފިހާރަތަކެވެ. އާބާދީ މަދު ރަށްތަކަށް އަމާޒުކޮށް ބީއެމްއެލް އިން ކޭޝް އެޖެންޓުންގެ ޚިދުމަތް ދޭން ފެށީ 2014 ވަނަ އަހަރު އެވެ.

މީގެ ކުރިން ކޭޝް އެޖެންޓުން މެދުވެރިކޮށް ލިބެނީ، އާންމުންނަށް އެ މީހެއްގެ އެކައުންޓުން ފައިސާ ނެގުމުގެ ހިދުމަތް އެކަންޏެވެ. ނަމަވެސް މިހާރު ކޭޝް އެޖެންޓުން މެދުވެރިކޮށް، އެއްވެސް ފީ އަކާ ނުލައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ދުވާލަކު 10،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭނެ އެވެ. އަދި ކްރެޑިޓް ކާޑާއި، ލޯނަށް ވެސް ފައިސާ ދެއްކޭނެ އެވެ.

“ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ހިދުމަތް ފެއްޓޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ހާއްސަ އުފަލެއް. ކޮންމެ ރަށެއްގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމް އެއް ގާއިމްކުރުމަކީ ފައްސޭހަކަމެއް ނޫން. ނަމަވެސް ކޭޝް އެޖެންޓުން މެދުވެރިކޮށް މިދަނީ މިފަދަ އާބާދީ ކުޑަ ރަށްތަކުގައި ބޭންކިންގ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދެމުން،” ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭ ހިދުމަތް ތައާރަފް ކުރުމުގެ ތެރެއިން.

ބީއެމްއެލްގެ ކޭޝް އެޖެންޓުންގެ ގޮތުގައި ރަށްރަށުގައި 230 ފަރާތެއް ކަނޑައެޅިފައި ވެއެވެ. ކުދި ރަށްރަށަށް އަމާޒުކޮށްގެން ފެށި ހިދުމަތެއް ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބީއެމްއެލްގެ ކޭޝް އެޖެންޓުން ތިބެ އެވެ.

ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާ ކުރުމުގެ ހިދުމަަތް ދޭން ފަށާފައިވަނީ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ “އަހަރެންގެ ބޭންކް” ޕްރޮގްރާމްގެ ތެރެއިންނެވެ.

ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލް އިން ބުނީ “އަހަރެންގެ ބޭންކް” ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް “އަހަރެންގެ ބޭންކް”ގެ ނަމުގައި ހިންގި ކެމްޕޭންގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.