ބީއެމްއެލް އިން އައްޑޫގައި އިތުރު ދެ އޭޓީއެމް ބަހައްޓައިފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑުގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓްގަ އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދެ އޭޓިއެމް ގާއިމުކޮށްފަ އެވެ.

މި އޭޓީއެމްތައް ގާއިމުކޮށްފައިވަނީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުންނެވެ. މި ދެ އޭޓީއެމް ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީގެ ގިނަ ރައްޔިތުންތަކެއް ބޭނުންކުރާ ސަރަހައްދުތަކަށްވުމުން، މި އޭޓިއެމްތައް މެދުވެރިކޮށް ފަސޭހަކާމއެކު ފައިސާ ނެގުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

ބީއެމްއެލް ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި އެޓީއެމްތަކުން ދަތުރުވެރިންނަށާއި ހިތަދޫ ހޮސްޕިޓަލަށް ޒިޔާރަތްކުރާ ގިނަ ފަރުދުންނަށާއި އާއިލާތަކަށް އިތުރުފަސޭހަކަމެއް ލިބިގެންދާނެ.” ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.