ލައިސަންސް ހެއްދުމަށް އަތޮޅު ކައުންސިލުން އިތުރު ފީއެއް ނަގަނީ

ބ. އަތޮޅު ކައުންސިލް

ބ. އަތޮޅު ކައުންސިލުން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސް ހޯދާ ފަރާތްތަކުން ކުރިން ނަގަމުން އައި ފީގެ އިތުރުން ފީއެއް ނެގުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި އަންނަ މާޗު މަހުން ފެށިގެން އެ ކައުންސިލު މެދުވެރިކޮށް އެއްގަމު އަދި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހޯދާ ފަރާތްތަކުން ކުރިން ތިއަރީ ޓެސްޓް ހެދުމަށް ނަގަމުން އަދި 100 ރުފިޔާ އާއި ކާޑު ހެއްދުމަށް ނަގަމުން އައި 250ރ ގެ އިތުރުން ފީއެއް ނެގުމަށް ނިންމީ ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންގެންދާ ހިދްމަތްތައް އަތޮޅު ފެންވަރުގައި ރަގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެން ދިއުމަށް އެ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

އެގޮތުން އަންނަ މަހުން ފެށިގެން ޚިދުމަތުގެ ފީގެ ގޮތުގައި 100ރ އާއި ދުއްވުމުގެ އިމްތިހާން ހަދާ ކޮންމެ ފަހަރަކު ހިދުމަތުގެ ފީގެ ގޮތުގައި 50 ރުފިޔާގެ ފީ އެއް ނަގާނެ އެވެ.

ބ. އަތޮޅު ކައުންސިލް މެދުވެރިކޮށް އެއްގަމާއި ކަނޑުގެ ލައިސަންސް ހޯދުމަށް ހުށައަޅާ ފޯމާއެކު، ހިދްމަތުގެ އިތުރު ފީއެއް ނެގުމަށް އެކައުންސިލުން ނިންމިއިރު، ޑްރައިވިންގް ލައިސަންސް ޕްރެކްޓިކަލް ޓެސްޓް ހެދުމަށް ފެންވަރު ރަގަޅު ޑްރައިވިންގް ޓްރެކެއް އޭދަފުށީގައި ދަނީ ހަދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.