ގޯލްޑް 100ގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ނަޒީރު އަށް

އަހްމަދު ނަޒީރު

ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އޭދަފުއްޓަށް އުފަން މަހުޖަނު، އަހްމަދު ނަޒީރު އަށް ލިބިއްޖެ އެވެ. ނަޒީރުގެ އިތުރުން އައްނަބީލް މުޙައްމަދު ވަހީދުއްދީން އަށް ވެސް މި އެވޯޑް ވަނީ ލިބިފަ އެވެ.

ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 ގެ އެވޯޑްސް ދިނުމަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ރޭ ބޭއްވި ހަފްލާގައި ރާއްޖޭގެ ޓޫރިޒަމްގެ މި ދެ ބާނީންނަށް އެވޯޑް ހަވާލުކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.

ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 ގެ އެންމެ ޝަރަފުވެރި އެއް އެވޯޑު އަދި މިއަހަރު މުޅިން އަލަށް ތައާރަފު ކުރި އިންވެސްޓްމަންޓް އިން ކޮމިއުނިޓީސް، އިންޑިވިޖުއަލް އެކްސެލެންސް އެވޯޑް ލިބުނީ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށެވެ.

މިދިޔަ އަހަރުގެ މާކެޓިން ކެމްޕޭން ފޯ ދި އިޔާ އެވޯޑު ލިބިފައިވަނީ ދިރާގަށެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ސީއެސްއާރު އެވޯޑު ލިބުނީ އެސްޓީއޯ އަށެވެ. އަދި ލޮޖިސްޓިކް ކުންފުނީގެ އެވޯޑު އެފްއެސްއެމް އަށް ލުބުނުއިރު، އޮޕަރޭޝަނަލް އެކްސެލެންސް ފޯ ދި އިޔާ އެވޯޑު ލިބުނީ އެމްޓީސީއަށެވެ.

ކޯޕަރޭޓް މޯލްޑިވްސް އަކީ ވިޔަފާރިތަކާއި މާލީ ދާއިރާއާ ގުޅުން ހުރި ޚަބަރުތައް ގެނެސްދޭ އޮންލައިން މަޖައްލާ އެކެވެ. އެ މަޖައްލާ އިން އަހަރަކު އެއް ފަހަރު، ވަކި މަޖައްލާއެއްގެ ގޮތުގައި ޝާއިއު ކުރާ “ގޯލްޑް 100” ލިސްޓުގައި އެންމެ ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ރާއްޖޭގެ 100 ވިޔަފާރިއެއްގެ ޕްރޮފައިލް ޝާއިއުކޮށް، އެކި ދާއިރާތަކަށް ހާއްސަ ވިޔަފާރިތައް ވަކިން ލިސްޓް ކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.