ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަނަކަށް ހަނާ

ތައުލީމީ މަރުކަޒުގެ މި އަހަރުގެ ކެޕްޓަނަކަށް ހޮވުނު ހަނާ ހަމްދީ އަށް ބ. އަތޮޅު އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ، ކެޕްޓަން ޝޭސް ހަވާލުކޮށްދެނީ-.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މި އަހަރުގެ ކެޕްޓަނަކަށް އެ ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ހަނާ ހަމްދީ ހޮވައިފި އެވެ.

ސްކޫލުގެ މަގާމުތަކަށް ހޮވުނު ދަރިވަރުން އިއުލާން ކުރުމަށާއި ޕްރިފެކްޓުން ހުވާ ކުރުމަށް މިރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އިއުލާން ކުރިގޮތުގައި ކެޕްޓަން ކަމުގެ މަގާމަށް ހަނާ ހޮވި އިރު ޑެޕިއުޓީ ކެޕްޓަނުގެ މަގާމަށް ހޮވުނީ އައިޝަތު ނައިޚާ އެވެ. ސްޕޯޓްސް ކެޕްޓަން އަކަށް ހުސައިން ޝައްމާޚް އަހްމަދު ހޮވުނުއިރު ޑެޕިއުޓީ ސްޕޯޓްސް ކެޕްޓަންގެ މަގާމަށް ހޮވުނީ ފާތުމަތު ނަހުޒާ އެވެ.

ތައުލީމީ މަރުކަޒުގެ މި އަހަރުގެ ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނު ނައިހާ އަށް ބ. އަތޮޅު އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ، ކެޕްޓަން ޝޭސް ހަވާލުކޮށްދެނީ-.

އެ ރަސްމިއްޔާތުގައި ތައުލީމީ މަރުކަޒުގެ ހައުސްތަކުގެ މަގާމުތަކަށް ވެސް ވަނީ ދަރިވަރުން ހޮވާފަ އެވެ. އެގޮތުން ޔެލޯ ހައުސްގެ ކެމްޕޓަން ކަމަށް މަރިޔަމް ނައުޝީން ޝަމީމް، ބްލޫ ހައުސްއަށް ފާލިހު އަހްމަދު ރަޝީދު އަދި ވައިލެޓް ހައުސްއަށް ފާޠިމަތު ރީޝަމް ހޮވާފައިވާއިރު ރެޑް ހައުސްއަށް ހޮވާފައިވަނީ ނޫމާ މުހައްމަދު އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ބޮޑުގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުން

ދަރިވަރުންނަށް ހުވާލައިދެއްވީ އެ ސްކޫލުގެ ގުރްއާން މުދައްރިސް ޝާފިއާ އަހްމަދު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.