
ސްވިސްގެ މަޝްހޫރު ‘ ސްމާޓީ’ ބްރޭންޑްގެ އަވި އައިނު ރީފްސައިޑުން ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
މިކަމަށްޓަކައި ރިފްސައިޑިގެ ހެޑް އޮފީހުގައި ބެއްވި ރަސްމިއްޔާތެއްގައި ސްމާޓީ ބްރޭންޑްގެ އަވި އައިނު ތަޢާރަފު ކޮއްދެއްވީ އިންޑޮނޭޝިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ދިވެހިރާއްޖެއަށް އެ ބްރޭންޑްގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަވާ މާކެޓިންގ މެނޭޖަރ ނަވްޒިޔާ ހުސައިން އާއި ރީފްސައިޑްގެ މާކެޓިންގ އެގްޒެކެޓިވް، ސޭލްސް އެންޑް މާކެޓިންގ ޢަބްދުﷲ ވަޙީދު އެވެ.
މި ބްރޭންޑްގެ އަވި އައިނު އުފެއްދުމުގައި ވަނީ ގިނަ ދުވަސްތަކެއް ހޭދަ ކޮއްފަ އެވެ. މި ބްރޭންޑްގެ ދެ ކަލަރ ވޭރިއޭޝަންގެ ސާޅީސް މޮޑެލްގެ ފެންވަރު ރަނގަޅު އަވި އައިނު ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި މެޓަލް، ޕްލާސްޓިކް އަދި ރަބަރ މެޓީރިއަލް ބޭނުން ކޮއްގެން ހަދާފައިވާ ދުނިގަނޑުތައްވެސް ހުރެއެވެ.
ސްމާޓީ ބްރޭންޑްގެ އަވި އައިނަކީ ހައިކޮލިޓީ ޕޮލަރައިޒްޑް އަދި ފޯރހަންޑްރެޑް ނެނޯމީޓަރސް އަލްޓްރާ ވައިލެޓް ޕްރޮޓެކްޝަން ޔަގީން ކޮއްދޭ އުފެއްދުމެކެވެ. ރީފް ސައިޑުން ބުނީ ސްމާޓީ ބްރޭންޑްގެ އަވި އައިނުގެ ތަފާތު މޮޑެލްތައް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ރާއްޖޭގެ އައިނު ވިއްކާ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ.
ކުޑަކުދިންނާއި ދެ ޖިންސުގެ ބޮޑެތިމީހުންނާއި ކުޅިވަރު ކުޅޭ މީހުންނަށްވެސް ޚާއްސަކޮއްގެން ރީފްސައިޑުން ތަޢާރަފު ކުރި ސްމާާޓީ ބްރޭންޑްގެ އަވި އައިނުގެ އަގުތައް ހުރީ 400ރ. އާއި 775ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.