ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވެބްސައިޓް މިއަދު މެންދުރު ހެކްކޮށްފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވެބްސައިޓް މިއަދު މެންދުރު އެކެއްޖަހާކަން ހާއިރު ހެކް ކުރުމަށްފަހު އެ ވެބްސައިޓަށް ލާފައި ވަނީ އެ ސްކޫލުގެ ޕްރިންސިޕަލްގެ ފޮޓޯތަކަކާއެކު ކުރު ލިޔުމެކެވެ. އަދި ވެބްސައިޓް ހެކް ކުރީ “އެނޮންސް އެމްވީ” ކަމަށް ވަނީ ލިޔެފަ އެވެ.
ގާތްގަޑަކަށް މާލޭ ގަޑިން ހަވީރު 3:30 ގައިވެސް ވެބްސައިޓްގައި މިލިއުން ފެންނާން ހުއްޓެވެ.
މި ހެކް ކުރުމުގެ ސަބަބުން ވެބްސައިޓުގައި ހުރި އެއްވެސް މައުލޫމާތަކަށް ބަދަލެއް އައިސްފައި ހުރި ކަމަކަށް ނުފެނެ އެވެ. ހެކްކުރި މީހުން ހަމައެކަނި ބަދަލުކޮށްފައިވަނީ ވެބްސައިޓްގެ ހޯމް ޕޭޖް އެވެ.
މިވަގުތު ވެބް ސައިޓް ހުރީ ޑައުންކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހްގީގް ކުރަމުންނެވެ.