ބޭންކް އޮފް މޯލްޑިވްސް އިން އިސްނަގައިގެން މާލޭގެ ގިނަ ރައްޔިތުންތަކެއް ބޭނުންކުރާ ބީއެމްއެލް ސްވިމިން ޓްރެކް ސަރަހައްދު ސާފުކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ބާއްވާއިފި އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޑައިވް ކްލަބް މޯލްޑިވްސް އަދި ޑައިވް ޑެސްކް އާ ގުޅިގެންނެވެ. އެގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހުގެ 2:00 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ބެންކުގެ މުވައްޒަފުންވެސް ޑައިވަރުންގެގޮތުގައި ބައިވެރިވިކަމަށް އެ ބޭނުންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި އިވެންޓުގެ މަގްސަދަކީ ބީއެމްއެލް ސްވިމިން ޓްރެކަކީ ގިނަ އަދަދެއްގެ މީހުންނާއި ކުޑަ ކުދިން ބޭނުންކުރާ ތަނަކަށް ވެފައި އެ ސަރަހައްދު ސާފުކޮށް ރީތިކޮށް މުޖްތަމައުއަށް ބޭނުންތެރި ގޮތަކަށް ބޭއްވުމެވެ.
އަހަރެންގެ ބޭންކް” ޕްރޮގްރާމްގެ ދަށުން ބީއެމްއެލް އިން އަންނަނީ މިހިނގާ ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ފައިދާކުރުވަނިވި ޚާއްސަ ހަރަކާތެއް ބާއްވަމުންނެވެ.
ސ