މާލީ ހިސާބުތައް ތައްޔާރުކޮށްދޭން މީރާއިން ބ. އަތޮޅަކަށް

ކުދި ވިޔަފާރިތަކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރު ކުރުމުގައި އެހީތެރިވެ ދިނުމަށް އަންނަ މަހު މީރާގެ ޓީމެއް ބ. އަތޮޅަށް ދަތުރު ކުރުމަށް ނިންމައިފި އެވެ.

މީރާއިން ބުނި ގޮތުގައި އަންނަ މަހާއި އޭޕްރީލް މަހުގެ ތެރޭގައި މީރާގެ ޓީމްތައް ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ދަތުރުކުރާނެއެވެ. މީގެ އިތުރުން ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅު އަދި ތ އަތޮޅުގެ ރަށްތަކަށް ވެސް މީރާގެ ޓީމުތައް ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

މީރާއިން ބުނީ، އެހީތެރިކަން އެ ފޯރުކޮށްދޭނީ މިދިޔަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ރަށްތަކުގައި މީރާއިން ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ ޓެކުހާގުޅޭ މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ.

ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން ނަންބަރަށް 1415 އަށް ގުޅައި ނަން ނޯޓު ކުރުމުގެ ހިދުމަތް ވަނީ މިރާއިން ހުޅުވާލާފަ އެވެ. މީރާގެ ޓީމުތައް ވަނީ މިދިޔަ އަހަރުވެސް ވަނީ 10 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.