މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ދަރަވަންދޫން ހައްޔަރުކޮށްފި

ބ. ދަރަވަންދޫ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ދަރަވަންދޫން އެރަށުން ވަނީ ހައްޔަރުކޮށްފައި

ބ. ދަރަވަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހަކު މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށުން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ.

“މި މީހާ ހައްޔަރުކޮށްފައިވަނީ ބ. ދަރަވަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާ އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން، ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ،” ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅަކާއި ސެލޯފިންކޮޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައި ތައްޔާރުކޮށްފައިވާ ބިޑިއެއް ފެނިފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ދަރަވަންދޫން ހައްޔަރުކުރިއިރު، މިދިޔަ މަހު ފަހުކޮޅު މިއަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކުވެސް ވަނީ އަތުލައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.