ގޮއިދޫއަށް ބާސްކެޓްބޯޅަ ތައާރަފުކޮށްފި

ގޮއިދޫގައި ބޭއްވި ބާސްކެޓްބޯޅަ ކޯޗިން ކޭމްޕްގެ ތެރެއިން

ރާއްޖޭގެ މަގްބޫލު ބާސްކެޓްބޯޅަ އެކަޑަމީ ޑީ ބާސްކެޓްބޯޅަ ކުލަބުން ބ. ގޮއިދޫއަށް ބާސްކެޓް ބޯޅަ ތައާރަފުކޮށްފި އެވެ.

ގޮއިދޫއަށް ބާސްކެޓް ތައާރަފްކޮށްދިނުމުގެ މޭސްތިރިއަކީ މަޝްހޫރު ބާސްކެޓް ކޯޗު އަދި ޑީ ބާސްކެޓްބޯޅަ އެކަޑަމީގެ މޭސްތިރި މުހައްމަދު ހާޝިމް ނުވަތަ ޑޭވިޑް ކޯޗެވެ.

ޑީބީސީން ގޮއިދޫއަށް ބާސްކެޓް ތައާރަފްކުރުމުގެ ގޮތުން އެންމެ ފުރަތަމަ ބާއްވާފައިވަނީ ތިއަރީ ކުލާސްތަކެކެވެ. މި ކުލާސްތަކުގައި ބާސްކެޓްބޯޅަ ފަށައިގެން އައި ގޮތާއި މިއަދާއި ހަމައަށް ބާސްކެޓަށް އައި ބަދަލުތައް ޑޭވިޑް ކޯޗު ވަނީ ބައިވެރިންނަށް ކިޔައިދީފަ އެވެ.

ގޮއިދޫ ސްކޫލުގެ ގްރޭޑް 5 އިން ދަށުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ބޭއްވި މި ކުލާހުގައި 100 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ. އަދި ގޮއިދޫ ސްކޫލަށް ކޮންމެ ދުވަހަކު ޑިންގީން ދަތުރުކުރުމަށްފަހު ކިޔަވަން އަންނަ ފެހެންދޫގެ ކުދިން ވެސް މި ކްލާސްތަކުގައި ވަނީ ބައިވެރިވެފަ އެވެ.

މިއީ އަތޮޅުތެރޭގައި ބާސްކެޓް ތައާރަފު ކުރެވުނު ފުރަތަމަ ރަށެވެ. ޑޭވިޑް ކޯޗު ބުނީ މި ފުރުސަތު ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ.

ކުޅިވަރުގެ ރޮގުން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ގޮއިދޫއިން މިހާރުވެސް އަންނަނީ ވޮލީއާއި ފުޓުބޯޅައާއި ސްވިމިން އާއި ޓޭބަލްޓެނިހާއި ހޭންޑްބޯޅައިގެ އިތުރުން މާލޭގައި ކުޅޭ ބޮޑެތި ހުރިހާ ކުޅިވަރެއް މުބާރާތްތަކުގައި ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.