ސުނާމީއަށް ހޭލުންތެރި ކުރުވުމަށް ޑްރިލެއް ބާއްވަނީ

ސުނާމީއަށް ހޭލުންތެރި ކުރުވުމަށް ރަށެއްގައި ބޭއްވި ޑްރިލް އެއްގެ ތެރެއިން

އޭޝިޔާ ޕެސިފިކް ރީޖަންގެ ސްކޫލްތައް ސުނާމީ ކާރިސާއަށް ހޭލުންތެރިކުރުވަން ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން ބ. ތައުލީމީ މަރުކަޒުގައި ސުނާމީ އިވެކުއޭޝަން ޑްރިލްއެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

“އޭޝިއާ ފެސިފިކް ރީޖަނަލް ސްކޫލް ސުނާމީ ޑްރިލް ޕްރޮޖެކްޓް” ނަމުގައި މި ޕްރޮޖެކްޓުގެ މައުލޫމާތު ދިނުމުގެ ސެޝަންތައް މިހާރުވަނީ ފަށައިފަ އެވެ. ޓްރެއިނިން ސެޝަންތައް ކުރިއަށް ގެންދަނީ، ޔޫއެންޑީޕީއާ، މޯލްޑިވިއަން ރެޑްކްރެސެންޓާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ގުޅިގެނެވެ.

ސުނާމީއަށް ހޭލުންތެރި ކުރުވުމަށް އޭދަފުށީގައި ބާއްވާ ޑްރިލް އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ސެޝަންތަކުގެ ތެރެއިން: ފޮޓޯ/ ބއތމ

މި ސެޝަންތަކުގައި ސުނާމީ އިވެކުއޭޝަން ޑްރިލް އަށް ތައްޔާރުވުމުގެ ގޮތުން ސުނާމީ އަށް އަހުލުވެރިކުރުމުގެ ސެޝަންތަކާއި، ރަށުގެ ރިސްކް ޕްރޮފައިލް، މުވައްސަސާތަކުގެ އަދި ސްކޫލް މުވައްޒަފުންގެ ދައުރާއި ޒިންމާ، ސެކިއުރިޓީ ބެލެހެއްޓުން، ހިނގާފާނެ އަލިފާނުގެ ހާދިސާ ތަކަށް އަހުލުވެރިކުރުވުމުގެ ސެޝަން، ފުރަތަމައެހީ އަދި ސައިކޮސޯޝަލް އެހީ ދޭނެގޮތްތަކަށްއަހުލުވެރި ކުރުވައި، “ސްކޫލް އިމަރޖެންސީ އޮޕަރޭޝަންސް ޕްލޭން” (އެސް.އީ.އޯޕީ) އަށް އަހުލުވެރިކުރުވައި އަދި ޓްރޭނިން ސެޝަންތަކެއްވެސް ކުރިއަށް ގެންދާނެ އެވެ.

ސުނާމީއަށް ހޭލުންތެރި ކުރުވުމަށް އޭދަފުށީގައި ބާއްވާ ޑްރިލް އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ސެޝަންތަކުގެ ތެރެއިން: ފޮޓޯ/ ބއތމ

މި ޓްރޭނިންތަކަށްފަހު ސުނާމީ އިވެކުއޭޝަން ޑްރިލް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.

މި ޕްރޮޖެކްޓަކީ ޖަޕާނު ސަރުކާރުން ފަންޑުކޮށްގެން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓު ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ގުޅިގެން ދުނިޔޭގެ 18 ގައުމެއްގެ 90 ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތަމްރީނު ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ފަސް ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒަކީ މި ޕްރޮޖެކްޓް ހިންގާ 5 ވަނަ ސްކޫލެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.