ބ. އަތޮޅުގައި އަނެއްކާ ވެސް މަތީފެންވަރުގެ ރިސޯޓެއް ހުޅުވަނީ

ބ. އަތޮޅުގައި އަމިއްލަ ފަރާތަކުން ހަދާ ލަގްޒަރީ ރިސޯޓް “ދަ ނައުޓިލަސް މޯލްޑިވްސް” މި އަހަރުގެ ނޮވެންބަރު މަހު ހުޅުވަން ނިންމައިފި އެވެ.

މަދިރިވާދޫ އާ ރީތި ބީޗާ ދޭތެރޭ އޮންނަ ތިލަދޫދޫ ކިޔާ ކުޑަކުޑަ ރަށެއްގައި ހަދަމުންދާ ނައުޓިލަސް މޯލްޑިވްސްއަކީ 30 އަހަރަށް ވުރެ ގިނަ އަހަރުވަންދެން ވިޔަފާރިއާއި ރިސޯޓްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ޑރ. އިބްރާހިމް އުމަރު މަނިކްގެ މޭސްތިރިކަމުގެ ދަށުން ހަދަމުންދާ ރިސޯޓެކެވެ.

ސައްބީސް ސޫޓް ހިމެނޭ އެ ރިސޯޓްގެ 15 ސޫޓަކީ ގޮޑުދޮށަށްވާ ގޮތަށް ގަސްތަކުގެ ތެރޭގައި ހަދާފައިވާ ސޫޓް ތަކެވެ. އަދި 11 ސޫޓްކީ މޫދުގައި ހަދާފައިވާ ވޯޓާވިލާ ސޫޓްތަކެވެ. ކޮންމެ ސޫޓެއް ވެސް ހަދާފައި ވަނީ ޕްރައިވެޓް ޕޫލަކާ އެކު ޕްރައިވެސީ ލިބޭނެ ގޮތަކަށެވެ.

ތިން ރެސްޓޯރަންޓަކުން ގެސްޓުން ބޭނުންވާ އެއްޗެހި ޝެފުންނާ ވާހަކަ ދައްކައިގެން ވެސް ލިބެން ހުންނަ އިރު އެ ރިސޯޓްގެ ސްޕާ އަކީ ވެސް އެޕޮއިންޓްމަންޓް ހައްދަން ޖެހޭ ސްޕާއެއް ނޫނެވެ.

ގެސްޓުން ބޭނުންވާ ގަޑިއެއްގައި ސްޕާގެ ހިދުމަތް ލިބޭނެ އެވެ. އަދި ޔޮޓުގައި ދަތުރުކޮށް ހިތް ހަމަޖައްސަން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެ ހިދުމަތް ވެސް އެ ރިސޯޓުން ލިބެން ހުންނާނެ ކަމަށްވެ އެވެ.

މަތީ ފެންވަރުގެ ދިހަ ވަރަކަށް ރިސޯޓު ހިންގަމުން އަންނަ ބ. އަތޮޅުގައި މިދިޔަ ޑިސެމްބަރ މަމަހު ވެސް “ވައްކަރު” ގެ ނަމުގައި ފަސް ތަރީގެ ފެންވަރުގެ ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި މި އަތޮޅުގައި އިތުރު ރިސޯޓައް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.