އޭލެވެލް ގަދަ 10 ގައި ތައުލީމީ މަރުކަޒުގެ 4 ދަރިވަރުން

އޭލެވެލް ގަދަ 10 ގައި ހިމެނުނު ތައުލީމީ މަރުކަޒުގެ ދަރިވަރުން ޕްރިންސިޕަލާއެކު. އީޓީ ފޮޓޯ

މިދިޔަ އަހަރު މެއި/ޖޫންގައި ބޭއްވި އޭލެވެލް އިމްތިހާނުގެ ރާއްޖޭގެ ގަދަ 10ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 4 ދަރިވަރަކު ހިމެނިއްޖެ އެވެ.

އޭ ލެވެލްގެ ގަދަ ދިހައެއް އިއުލާން ކުރުމަށް ދަރުބާރު ގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ފަސް މާއްދާއިން އޭ ފާސް ހޯދައިގެން އޭގެ ތެރެއިން ދެ ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10ގެ އެއް ވަނަ ވެސް ހޯދައިފަ އެވެ.

އޯލެވެލް ގަދަ 10 ގައި ހިމެނެނު ބ. ތައުލީމީ މަރުކަޒުގެ ދަރިވަރުން

• އަސްމާ އިބްރާހީމް ރަޝީދު، ދިރާސާ، ކުޑަރިކިލު (1 ވަނަ)
• އަޒްހާން އަބްދުލްފައްތާހް، ޑޭލައިޓް، ކެންދޫ (1 ވަނަ)
• މުހައްމަދު އަހްނަފް އިބްރާހީމް، މަތިހާ، އޭދަފުށި (6 ވަނަ)
• މަރިޔަމް ހަމްދާ، އަހިމާގެ، ކިހާދޫ (8 ވަނަ)

މިދިޔަ އަހަރުގެ މެއި/ޖޫން އޭލެވެލް އިމްތިހާނުގެ ގަދަ 10ގައި 186 ދަރިވަރުން ހިމެނުނެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން ދޭ އިނާމު ވަނީ ހަވާލުކޮށްފަ އެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައިވާ ކަމަށާށާއި އެގޮތުން އެ މަސައްކަތްތަކުގައި ޓީޗަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުގެ މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ދަރިވަރުން ހޯދި ފަޚްވެރި ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.