ސުނާމީއަށް ހޭލުންތެރި ކުރުވުމަށް ޑްރިލެއް ބާއްވައިފި

ސުނާމީއަށް ހޭލުންތެރި ކުރުވުމަށް އިއްޔެ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ޑްރިލުގެ ތެރެއިން: ފޮޓޯ: ޔޫއެންޑީޕީ

އޭޝިޔާ ޕެސިފިކް ރީޖަންގެ ސްކޫލްތައް ސުނާމީ ކާރިސާއަށް ހޭލުންތެރިކުރުވަން ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން ބ. ތައުލީމީ މަރުކަޒުގައި ސުނާމީ އިވެކުއޭޝަން ޑްރިލްއެއް ބާއްވައިފި އެވެ.

ސުނާމީއަށް ހޭލުންތެރި ކުރުވުމަށް އިއްޔެ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ޑްރިލުގެ ތެރެއިން: ފޮޓޯ: ޔޫއެންޑީޕީ
ސުނާމީއަށް ހޭލުންތެރި ކުރުވުމަށް އިއްޔެ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ޑްރިލުގެ ތެރެއިން: ފޮޓޯ: ޔޫއެންޑީޕީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ދެ ދަންފަޅި ވަކިން އިއްޔެ ކުރިއަށްގެންދިޔަ މި ޑްރިލްގައި ސުނާމީއެއްގެ އިންޒާރެއް ލިބުމުން ސްކޫލުގައި އުފައްދާފައިވާ ކޮމެޓީ އާއި ޓާސްކްފޯސްއިން ދަރިވަރުންނާއި މުވައްޒަފުންގެ ފުރާނަ ސަލާމަތްކުރުމުގައި ހަރަކާތްތެރި ކުރުވައި، ޕްލޭނާއި އެއްގޮތަށް ދަރިވަރުން އިވޭކުއޭޝަން ސެންޓަރު ތަކަށް ބަދަލު ކޮށް، އެއަށްފަހު އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގައި ޓާސްކްފޯސްތައް ހަރަކާތްތެރިވާނެ ގޮތް ވަނީ ދަސްކޮށްދީފަ އެވެ.

ސުނާމީއަށް ހޭލުންތެރި ކުރުވުމަށް އިއްޔެ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ޑްރިލުގެ ތެރެއިން: ފޮޓޯ: ޔޫއެންޑީޕީ

މި ޕްރޮޖެކްޓަކީ ޖަޕާނު ސަރުކާރުން ފަންޑުކޮށްގެން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓު ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ގުޅިގެން ދުނިޔޭގެ 18 ގައުމެއްގެ 90 ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތަމްރީނު ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ފަސް ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒަކީ މި ޕްރޮޖެކްޓް ހިންގި 4 ވަނަ ސްކޫލެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.