ޔޫއެންޑީޕީގެ ޔޫތު ލީޑާޝިޕް ޕްރޮގްރާމް ސޮނެވާފުށި ރިސޯޓާ ގުޅިގެން ބ. އަތޮޅުގައި ބާއްވަން ނިންމައިފި އެވެ.
އދ. ގެ ތަރައްގީގެ ޕްރޮގްރާމްތައް ހިންގާ އޮފީހުން ބުނިގޮތުގައި ފުރަތަމަ ޓާމުގެ މިޑް ހޮލިޑޭއާ ދިމާކޮށް މާޗު 24-28 އަށް މި ޕްރޮގްރާމު ބާއްވަން ނިންމާފައިވަނީ ބ. މާޅޮހުގަ އެވެ.
އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 16-20 އަހަރުގެ ޒުވާނުންނަށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ޔޫއެންޑީޕީން ބުނިގޮތުގައި މި ޕްރޮގްރާމުގައި ރަށްރަށުގައި މުޖުތަމައަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އިސްނަގައިގެން ބައިވެރިވުމުގެ މުހިންމު ކަމުގެ މައުލޫމާތުދީ ހޭލުންތެރި ކުރުވާނެ އެވެ. އަދި ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ އިތުރުން އަމަލީ ގޮތުން ބައެއް ހަރަކާތްތަކުގައި އެ މީހުން ބައިވެރިކުރުވާނެ އެވެ.
ތިރީގައި އެވާ ލިންކުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެޕްލައި ކުރެވޭނެ އެވެ.