“ވަކިން ލޯބިން” ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި އަޅުވަނީ

ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ފުރަތަމަ ފިލްމު “ވަކިން ލޯބިން” އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި އަޅުވަން ނިންމައިފި އެވެ.

ފިލްމު އޭދަފުށީގައި އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބުނީ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި “ވަކިން ލޯބިން) އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ.
ފިލްމުގެ ޓިކެޓް ވިއްކާނީ 100ރ. އަށެވެ.

ޒުވާން ދެމަފިރިން ކައިވެނިކޮށް ކުއްޖަކު ލިބޭ ފަހުން އެ ދެމީހުންގެ ކައިވެނިން ފެނިގެންދާ މައްސަލަތައް ހައްލުނުވެ، ދެމަފިރިން ވަކިވާ ހިސާބުން ދިމާވާ ބޮޑެތި މައްސަލަތަށް ފިލްމެއްގެ ޒަރިއްޔާ އިން ދައްކުވައިދޭނެ އެވެ.

މިހާރުގެ މުޖުތަމައުގައި އެފަދަ ކަންތައްތައް ގިނަވެފައިވާއިރު، ފިލްމު “ވަކިން ލޯބިން” އަކީ މިއަދުގެ މުޖުތަމައުއާ ވަރަށް އެކަށޭނެ ފިލްމެކެވެ.

ފެމެލީ ޑްރާމާ އިން ދިވެހި މުޖުތަމައުއަށް ވަރުގަދަ މެސެޖެއް ރައްދުކޮށްދޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ލީޑް ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.

ނުޒުހަތު ޝުއައިބު، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް ވަކިން ލޯބިން ފެނިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.