ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ މުވައްޒަފުންގެ ހާޒިރީ ބަލަން އިލެކްޓްރޯނިކް ނެޓްވޯކެއް ގާއިމްކުރަން އިސްލާމިކް މިނިސްޓްރީން ދިރާގާއެކު އެއްބަސްވެ ސޮއިކޮށްފި އެވެ.
މއިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި 700 އަށްވުރެ ގިނަ މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ އެއް ސިސްޓަމަކުން ބެލޭނެ ނިޒާމެއް ދިރާގުން ގާއިމްކުރާނެ އެވެ.
އިސްލާމިކް މިނިސްތްރީން ބުނީ މި ނިޒާމް ގާއިމްވެގެން ދިއުމުން މިސްކިތްތަކުގެ މުވައްޒަފުންނަށް މުސާރަ އާއި އެލަވަންސް ފަދަ އިނާޔަތްތައް ދިނުން ފަސޭހަ ވެގެން ދާނެ ކަމަށެވެ.
އަދި މިސްކިތްތަކުގެ މުވައްޒަފުން މިހާރަށްވުރެ ބޮޑަށް މަސައްކަތަށް ޒިންމާދާރު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.