
ކުދި ވިޔަފާރިތަކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރު ކުރުމުގައި އެހީތެރިވެ ދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) ގެ ޓީމެއް ބ. އަތޮޅުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
މީރާއިން ބުނި ގޮތުގައި އެ ޓީމުން މިދިޔަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދޭނެ އެވެ. އަދި އެ ރަށްތަކުގައި މީރާއިން ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ ޓެކުހާގުޅޭ މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް މީރާއިން ބުނެއެވެ.
މިދިޔަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމަށް އެހީތެރިކަން ބޭނުންވާ، ފަރާތްތަކުން މީރާގެ ހޮޓްލައިން ނަންބަރު 1415 އަށް ގުޅައިގެން ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މީރާގެ ޓީމުތައް ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ދަތުރުކުރާނެއެވެ. އަދި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ކަމަށް މީރާއިން ބުނެއެވެ.
