ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާކޮށްފި

ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ޕްލާސްޓިކް ބޭނުންކުރުން މަނާ ބޯޑުތަކެއް ހިފައިގެން. އެ ސްކޫލަށް މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅު ވެއްދުން މަނާ

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިއީ އެޑިޔުކޭޝަން މިނިސްޓްރީން މިމަހު ފެށި “ފަރުކޮއެ” ކެމްޕޭނުގެ ދަށުން ކުރި ކަމެއް ކަމަށެވެ.

“ފަރުކޮއެ” އަކީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް އަޑުއުފުލައި، ތިމާވެއްޓަށް ސްކޫލު ދަރިވަރުންނާއި އާއްމުން ހޭލުންތެރިކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން މިމަހު އެއްވަނަ ދުވަހު ފެށި ކެމްޕޭނެކެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކެމްޕޭންގެ ހަރަކާތްތަކުގެ ތެރެއިން ބ. އަތޮޅު ތައުލީމީ މަރުކަޒަށް މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅާއި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ވެއްދުން މަނާކޮށްފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި ސްކޫލު ތެރޭގައި މުވައްޒަފުންނާއި ދަރިވަރުން ބޭނުން ކުރުމަށް އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ރީޔޫޒް ކޮތަޅު ސްކޫލުގެ ޕީޓީއޭއިން ތައްޔާރުކުރަމުން އަންނަ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ޕްލާސްޓިކް ބޭނުންކުރުން މަނާ ބޯޑުތަކެއް ހިފައިގެން. އެ ސްކޫލަށް މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅު ވެއްދުން މަނާ

“މިއީ އެޑިޔުކޭޝަން މިނިސްޓްރީން ގައުމީ ފެންވަރުގައި ހުރިހާ ސްކޫލުތަކެއްގައި ވެސް ކުރިއަށް ގެންދާން ކެމްޕޭނެއް. މި ސްކޫލުގައި މި ކެމްޕޭން ރަސްމީކޮށް މިއަދު މި ފެށީ. މި ހަފްތާއިން ފެށިގެން ޕްލާސްޓިކް މަދުކުރުމާ އެއިން ލިބޭ ގެއްލުންތަކާ ގުޅޭގޮތުން ބެލެނިވެރިންނާއި ދަރިވަރުންނާއި މުވައްޒަފުން ވެސް ހޭލުންތެރިކުރުވަމުން މި އަންނަނީ،” ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވި އެވެ.

އޭގެ އިތުރުން މި ކެމްޕޭނުގެ ދަށުން ގަނޑުދޮށާއި ފަޅާއި ފަރުތެރެ ސާފުކުރުމާއި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުގެ ހަރަކާތްތައް ވެސް ހިންގުމަށްވަނީ ރާވާފަ އެވެ. އަދި ދަރިވަރުންނަށް ވަށައިގެންވާ ކަނޑުގެ ހާލަތު ބަލައި އަމަލީގޮތުން ތަޖުރިބާ ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.