އެކުވެރިކަމުގެ މެޗުން އަނަންތަރާ އަތުން ވެޓަރަންސް ޓީމު މޮޅުވެއްޖެ

އޭދަފުށީ ވެޓަރަންސް ޓީމުން މިއަދު އަނަންތަރާއާ އެކު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން : އީޓީ ފޮޓޯ/ތޯރިގް

އަންނަމަހު ކުރީކޮޅު މާލޭ ވެޓަރަންސް ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް އަނަންތަރާ ކިހަވައް ވިލާސް އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން އޭދަފުށީ ވެޓަރަންސް ކްލަބް މޮޅުވެއްޖެ އެވެ.

އަނަންތަރާގައި މިއަދު ހަވީރު ކުޅުނު މި މެޗު އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ކްލަބުން ކާމިޔާބުކުރީ 10-5 އިންނެވެ.

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމްގެ މެނޭޖަރު އަހްމަދު ނާސިރު ބުނީ އަންނަމަހު ކުރީކޮޅު މާލޭ ވެޓަރަންސް ޓީމާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ތައްޔާރުވުމަށް އެޓީމުން ކުޅެމުން އަންނަ ސިލްސިލާ މެޗުތަކުގެ ތެރެއިން މެޗެއް ކަމަށެވެ.

އޭދަފުށީ ވެޓަރަންސް ޓީމުން މިއަދު އަނަންތަރާއާ އެކު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން : އީޓީ ފޮޓޯ/ތޯރިގް

ނާސިރު ބުނީ މާލޭގެ މެޗަށް ތައްޔާރުވާން ދެން އެކުވެރިކަމުގެ މެޗެއް އެންމެ އަވަހަށް ކުޅޭނީ ޑުސިޓްއާ އެކު ކަމަށެވެ. މާލޭ މެޗަށް ތައްޔާރުވާން މިހާތަނަށް އެކުވެރިކަމުގެ ފަސް މެޗު ވަނީ ކުޅެފަ އެވެ.

އޭދަފުށީ ވެޓަރަންސް ޓީމުން ވަނީ މިދިޔަ އަހަރު މޯލްޑިވްސް ސޮކާ މޭޓްސް އާ އެކު އޭދަފުށީގައި ތާރީޚީ ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ. އޭދަފުށި އަތްދަށުނުވެ ސޮކާ މޭޓްސް އެ މެޗުން ސަލާމަތްވީ ކިރިޔާއެވެ.

އޭދަފުށީ ވެޓަރަންސް ޓީމުން މިއަދު އަނަންތަރާއާ އެކު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން : އީޓީ ފޮޓޯ/ތޯރިގް

ނާސިރު ބުނިގޮތުގައި އަންނަމަހު މާލޭ ވެޓަރަންސް ޓީމާއެކު ކުޅޭ އެކުވެރިކަމުގެ މެޗަކީ އަންނަ އަހަރު މެލޭޝިޔާގައި އޮންނަ އިންޓަނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސިސްސިލާކޮށް އޭދަފުށީ ޓީމުން ކުޅެމުން އަންނަ މެޗުތަކުގެ ތެރެއިން މެޗެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.