ރޯގާ ފެތުރޭތީ ޕްރައިމަރީ ގްރޭޑްތަކުގެ ކިޔެވުން މެދު ކަނޑާލައިފި

KIDS-71

ހަލުވި ކަމާއެކު އޭދަފުށީގައި ހުމުގެ ރޯގާތަކެއް މި ދުވަސްކޮޅު އުޅޭތީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ގުރޭޑް ތަކުގެ (ގްރޭޑް 1-3) އަދި ބަހިއްޔާ ޕްރީ ސްކޫލުގެ ކިޔެވުން މެދު ކަނޑާލައިފި އެވެ.

ޕްރައިމަރީ ގްރޭޑްތަކުގެ ކިޔެވުން މިއަދުން ފެށިގެން މެދު ކަނޑާލާފައިވީ ނަމަވެސް އަންނަ ހަފްތާ ކިޔެވުން ފެށޭނެކަމަށް ސްކޫލުތަކުން ބުނެއެވެ.

އޭދަފުށީގައި މިހާރު ހަލުއި ކަމާއެކު ފެތުރެމުންދާ ވައިރަލް ހުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލަށް ދައްކަމުން އަންނަ ކަމަށް އަތޮޅުހޮސްޕިޓަލުން ބުނެއެވެ.

ހުމުގެ ރޯގާއިން ސަލާމަތްވުމަށާއި ކޮންޓްރޯލު ކުރުމުގެ ބޭނުމުގައި ސްކޫލުތަކުގެ ބައެއް އިތުރު ހަރަކާތްތައް ވެސް ވަނީ ހުއްޓާލާފައެވެ.

ވައިރަލް ހުން ފެތުރެމުން އަންނާތީ ސްކޫލް ކުދިންނާ އާއްމުން މިކަމާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދީ، މަދިރި ކޮންޓްރޯލް ކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ބ. އަތޮޅު ހޮސްޕިޓަލުން އަންނަނީ ހިންގަމުންނެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ އާއްމު ސާފުތާހިރު ކަމަށް އިސްކަން ދިނުމުން މި ފަދަ ރޯގާތައް ޖެހުން ދުރުކޮށްދޭނެ ކަމަށެވެ. އެގޮތުން ވައިރަލް ހުން ޖެހިއްޖެނަމަ ގިނަ ވަގުތު އަރާމުކުރުމާއި، މީހުން ގިނަ ތަންތަނަށް ނުނިކުތުމާއި ކެއްސައި ކިނބިހި އަޅާއިރު އަނގަ ނިވާކުރުމާއި ގިނައިން ދިޔާ ތަކެތި އަދި ގޭގައި ތައްޔާރުކުރާ ތާޒާ ކާނާ ބޭނުންކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އަދި ވައިރަލް ހުން ޖެހިގެން ތިން ދުވަހަށްވުރެ ގިނައިން މެދުނުކެނޑި ހުން އަންނަ ނަމަ ޑޮކްޓަރަށް ދައްކަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.