ބަދަ ޖަމިއްޔާއިން ދަރަވަންދޫ ސްކޫލުގައި ޓާފް ދަނޑެއް އަޅައިދީފި

ބަދަ ޖަމިއްޔާއިން ދަރަވަންދޫ ސްކޫލުގައި އަޅައިދިން ޓާފު ދަންޑު: ފޮޓޯ/ދަރަވަންދޫ ސްކޫލް

ބ. އެޓޯލް ދަރަވަންދޫ ހިއުމާނިޓީ އެސޯސިއޭޝަން (ބަދަ) ޖަމިއްޔާގެ ފަރާތުން އެރަށު ސްކޫލުގައި ޓާފް ދަނޑެއް އަޅައިދީފި އެވެ.

ފުޓްސަލް ކުޅޭ ދަނޑާ ދާދި އެއް ސައިޒެއްގެ މި ދަނޑު ސްކޫލާ ހަވާލުކޮށްދެއްވީ އެ ސްކޫލުގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ ޖަމިއްޔާގެ ފައުންޑާ މުހައްމަދު އިދްރީސް އެވެ. ސްކޫލުގެ ފަރާތުން ދަނޑާ ހަވާލުވީ ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުހައްމަދު ނާސިހު އެވެ.

ބަދަ ޖަމިއްޔާއިން ބުނި ގޮތުގައި މިއީ އެ ޖަމިއްޔާގެ ފަރާތުން އެރަށުގައި ފުޓްބޯޅަ ކުރިއެރުމަށް ދަރިވަރުންނަށް ވެދިން އެހީއެއް ކަމަށެވެ.

ބަދަ ޖަމިއްޔާއިން ދަރަވަންދޫ ސްކޫލުގައި އަޅައިދިން ޓާފު ދަނޑު: ފޮޓޯ/ދަރަވަންދޫ ސްކޫލް

ދަރަވަންދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ މި ދަނޑުގެ ސަބަބުން އައުޓްޑޯ ކުޅިވަރު ތަކާއި ޕީއީ ގަޑިތައް ކުރިއަށްގެންދަން ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ބަދަ ޖަމިއްޔާއިން މި ވެދެއްވި އެހީއަށް ސްކޫލުގެ ދަރިވަރުންނާއި ޕީޓީއޭގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށް ނާސިހު ވިދާޅުވި އެވެ.

ބަދަ ޖަމިއްޔާއަކީ ދަރަވަންދޫގައި އިސްލާމުދީނަށާއި ގައުމިއްޔަތާއި ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން ތާރީޚާއި ސަގާފަތް އަދި ތިމާވެއްޓާއި ކުޅިވަރު ރޫހު އާލާކުރުމަށް މިއަހަރު އުފެއްދި ޖަމިއްޔާ އެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.