ބ. އޭދަފުށީ، އާޓިކާނާ އަބޫބަކުރު އަލީ ނިޔާވެއްޖެ އެވެ.
އަބޫބަކުރު އަލީ ނިޔާވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ބ. އަތޮޅު ހޮސްޕިޓަލުގައެވެ.
މަރްހޫމްގެ ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ ހުކުރު ނަމާދަށްފަހު އޭދަފުށީ ބޮޑު މިސްކިތުގަ އެވެ. މި ކަށުނަމާދުގައި ވީހާ ގިނަބަޔަކު ބައިވެރިވެދެއްވުމަކީ އެ އާއިލާގެ ވަރަށްބޮޑު އެދުމެކެވެ.
އަލްމަރުހޫމް އަބޫބަކުރު އަލީގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.