ތުޅާދޫ އަދި ކަމަދޫ ކައުންސިލް އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

ކަމަދޫ

ބ ތުޅާދޫ ކައުންސިލާއި ބ ކަމަދޫ ކައުންސިލް ރޫޅާލަން ޖެހިދާނެ ކަމުގެ އިންޒާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދީފި އެވެ.

މި އިންޒާރު ދީފައިވަނީ އެ ދެ ކައުންސިލަށް އެލްޖީއޭއިން ފޮނުވާފައިވާ ދެ ސިޓީއެއްގައި އެވެ.

އެގޮތުން ސިޓީ ފޮނުވާފައިވަނީ ކަމަދޫ ކައުންސިލްގެ މެންބަރު އަހްމަދު ސަމީރަށާއި ތުޅާދޫ ކައުންސިލް މެންބަރު މުހައްމަދު ތައުރީފަށެވެ.

މި ދެ ކައުންސިލަށްވެސް އިންޒާރު ދީފައިވަނީ ގަރާރެއް ފާސްކުރި މައްސަލައިގާ އެވެ. އަދި އެ ގަރާރު ފާސްކުރުމަށް ވޯޓުދިން މެންބަރުންވެސް ވަނީ ސަސްޕެންޑް ކޮށްފައި އެވެ. އެގޮތުން ބ ކަމަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝިދާއި އެ ކައުންސިލްގެ ނައިބުރައީސް އަހްމަދު ސާޖިދު މުސާރަ ނުލިބޭގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައި ވެ އެވެ.

އަދި ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދާއި ކައުންސިލްގެ ނައިބުރައީސް ޒާއިދު ރަޝީދު މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް އެއް މަސްދުވަހަށް ސަސްޕެންޑް ކޮށްފައި ވެ އެވެ.

މި ދެ ކައުންސިލަށްވެސް އަންގާފައިވަނީ އެފަދަ (ދަށު ދަރަޖައިގެ) ކުށެއް ތަކުރާރު ނުކުރުމަށެވެ. އަދި ތަކުރާރު ކޮށްފިނަމަ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢާމިރު

    ފުލުހުން މުޒާހާރާ ރޫޅާލަން އިންޒާރުދެނީ އެލް.ޖީ.އޭ ކައުންސިލްތަށް ރޫޅާލަން އިންޒާރުދެނީ، ދެންފަހެ މިބައިމީހުން މޮޔަވީތޯ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.