ހިތާދޫ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބ. ހިތާދޫ ހުރިހާ ކައުންސިލަރުން ސަސްޕެންޑު ކޮށްފި އެވެ.

އެލްޖީއޭ އިން ބުނި ގޮތުގައި ބ. ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދާއި އެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަސަން އަދި ކައުންސިލްގެ މެމްބަރު އަންވަރު މުހައްމަދު ސަސްޕެންޑް ކުރީ މާދަމާއިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށެވެ.

އަދި އެ މުއްދަތުގައި އެ ކައުންސިލަރުންނަށް މުސާރަ އާއި އިނާޔަތްތަކެއް ލިބިވަޑައިނުގަންނަވާނެ ކަމަށްވެސް އެލްޖީއޭ އިން ބުންޏެވެ.

ހިތާދޫ ކައުންސިލްގެ ތިން މެމްބަރުން ސަސްޕެންޑް ކޮށްފައިވަނީ ނޫސްބަޔާނެއްގައި ސޮއި ކުރި މައްސަލައިގާ އެވެ.

ހިތާދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފައިވަނީ ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައިފަ އެވެ.

ނޫސްބަޔާނެއްގައި ސޮއިކުރި މައްސަލައިގާ އެލްޖީއިން އިއްޔެ ވަނީ މިއަތޮޅު ތުޅާދު އާއި ކަމަދޫގެ ބައެއް ކައުންސިލަރުންވެސް ސަސްޕެންޑްކޮށްފަ އެވެ.

އަދި މި ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، ކޯޓަށް ހުށަހަޅައިގެން ކައުންސިލްތައް އުވާލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.