އޭދަފުށީގައި 100 ހައުސިން ޔުނިޓް އަޅަން ބީލަމަށް

އޭދަފުށި. ފޮޓޯ: ޑައިނަމިސްޓް

ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި އޭދަފުށީގައި 100 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް މިއަދު އިއުލާނު ކޮށްފި އެވެ.

އޭދަަފުށީގައި 100 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއިން މިއަދު އިއުލާނު ކޮށްފައިވަނީ 9 ރަށެއްގައި ޖުމްލަ 800 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނުގައި ހިމަނައިގެންނެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ޑިޒައިންކޮށް އިމާރާތްކުރާ އުސޫލުން 800 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ރާއްޖޭގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ހިންގާ އެ މަސައްކަތަކަށް ބީލަން ހުށަހަޅާ އިރު ވަކިވަކި ރަށްތަކަށް ނުވަތަ ހުރިހާ ރަށަކަށް ވެސް އަގު ހުށަހެޅިދާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ.

މިމަޝްރޫއުގެ ދަށުން ހަދާ ގެތަކުގައި ހިމެނެން ޖެހޭނެ ކޮޓަރީގެ އަދަދެއް އިއުލާނު ގައި ބުނެފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.