އަނެއްކާވެސް މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި


އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި —

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ބ. އަތޮޅުގެ ރިސޯޓަކުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދެ ފިރިހެނުންނާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ. ނަނަވެސް އެއީ ކޮން ރިސޯޓެއްކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެެ.

“މިހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ބ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ބ. އޭދަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން މާރިޗު މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ،” ފުލުހުންގެ ވެބްސައިތްގައި ބުނެފައިވެ އެވެ.

ފުލުހުން ބުނިގުތުގައި މިހަތަރު މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ވަނީ ފެނިފަ އެވެ.

މިމައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މަސްތުވާތަކެއްޗާއެކު ދެމީހަކު މިދިޔަ ހަފްތާވެސް އަތޮޅުން ވަނީ އަތުލައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.