ބ. އަތޮޅު ސިއްހީ ދާއިރާގެ އިދާރީ މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ތަމްރީން ކުރަނީ

ބ. އަތޮޅު ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނަށް ކިޔެވޭނެ ފަސޭހަ ފުރުސަތުތަކެއް ހޯދައިދީ ގާބިލްކަން އިތުރު ކުރުމުގެ ޑިޕްލޮމާ ކޯހެއް ހިންގުމަށް އެ ހޮސްޕިޓަލާއެކު މެރިޓައިމް އެކެޑަމީ އޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލް (އެމްއޭއެމްބީއެސް) އެއްބަސްވެއްޖެ އެވެ.

މިއަދު ހަވީރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ކޯހެއްގެ ގޮތުގައި ހިންގަން ކަނޑައަޅާފައިވަނީ ޑިޕްލޮމާ އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯހެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެމްއޭއެމްބީ ގެ ފަރާތުން ސޮއިކުރެއްވީ ރެޖިސްޓްރާ ޝަހުމާ އަބްދުއްރަހްމާން އެވެ. ބ. އަތޮޅު ހޮސްޕިޓަލުގެ ފަރާޓުން ސޮއިކުރެއްވީ ޑިރެކްޓަރު އަހްމަދު ވަހީދު އެވެ. އެ ރަސްމިއްޔާތުގައި އެމްއޭއެމްބީގެ އެކަޑަމިކް ޑައިރެކްޓަރ މުހައްމަދު ފިރާޒް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިއަދު ފެށީ އެ ކޯހުގައި މިއަތޮޅު ސިއްހީ ދާއިރާގައި މަސައްކަތްކުރާ އިދާރީ 24 މުވައްޒަފުން ބައިވެރިވާ ކަމަށެވެ. އަދި ކޯސް ނިމޭއިރު މިއަތޮޅު ސިއްހީ ދާއިރާގައި އިދާރީ ފެންވަރުގައި މަސައްކަތް ކުރާނީ ޑިޕްލޮމާ ފެންވަރުގެ މުވައްޒަފުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އަގުހެޔޮ އަދި ފެންވަރު ރަނގަޅު ތަޢުލީމް ފޯރުކޮށްދިނުމުގެ ގޮތުން އެމްއޭއެމްބީއެސް އިން އަންނަނީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް ކޯސްތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.