ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު އޭދަފުށީގައި ޤުރުއާން ކްލާސްތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.
ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން ބާއްވާ އެ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި އޮންނާނެ ކަމަށް މި ކްލާސްތައް ހިންގުމުގައި އިސްކޮށްއުޅޭ ފަރާތުން ބުންޏެވެ.
އޭނާ ބުނި ގޮތުގައި މި ކްލާސްތަކުގައި ކިޔަވައިދެއްވާނީ އަލްއަޒްހަރު ޔުނިވަސިޓީން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ އަލްޤާރީ މުހައްމަދު ނާޒިމު އެވެ.
މި ކްލާސްތަކުގައި ތަޖުވީދުގެ ހަމަތަކާއެކު ޤުރުއާނުގެ އިތުރުން ނަމާދަށް ދަރިވަރުން އަހުލުވެރިކުރުމާއު ދުއާތަކަށް ހިތް ޖެއްސުމަށް މަސައްކަތް ކޮށްދޭނެ އެވެ.
މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7888567، 7243311 އަށް ގުޅައި ނަންނޯޓް ކުރުމަށް އެދެ އެވެ.