ދިރާގުން އެންމެ ފަހުގެ ސެމްސަންގް ފޯން ތައާރަފްކޮށްފި

“އެސް9” އަދި “އެސް9 ޕްލަސް” ދިރާގުން ތައާރަފް ކުރުން. ފޮޓޯ/މިހާރު

ސެމްސަންގް އިން އެންމެ ފަހުން ބާޒާރަށް ނެރުނު ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ދިރާގުން ރޭ ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ރާއްޖޭގައި މި ފޯނުތައް ތައާރަފު ކޮށްދެއްވީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ރޮބިން ވޯލް އާއި ސެމްސަން އޭޝިއާގެ މެނޭޖިން ޑިރެކްޓަރު ހަންބޭ ޕާކް އެވެ.

މި ރަސްމިއްޔާތަށް ފަހު އާންމުންނަށް ފޯނު ގަތުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ފޯނު ގަތީ އަހުމަދު އަޝްރަފު ކިޔާ މީހެކެވެ. އޭނާ ގަތީ އެސް 9 ޕްލަސް އެކެވެ. އަޝްރަފްގެ އިތުރުން އެސް 9 އާއި އެސް9 ޕްލަސް ގަތުމަށް ބަޔަކު ދިރާގު ކައިރީ ކިޔު ހަދާފައި ތިއްބެވެ.

ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް މޮބައިލް ފޯން ރާއްޖޭގައި ވިއްކަން ފެށުމަށް ދިރާގުން މިރޭ ބޭއްވި ހަފުލާގައި، އެ ކުންފުނީގެ މުވައްޒަފުންތަކެއް ސެލްފީއެއް ނަގަނީ.—ފޮޓޯ: ނިޝާން އަލީ/މިހާރު

ދިރާގު މެދުވެރިކޮށް ފޯނު ގަނެ އަލަށް ދިރާގު ޕޯސްޓްޕެއީޑް ނަގާ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ފަސް ޖީބީ ހިލޭ އިންޓަނެޓް ލިބޭނެ އެވެ. އަދި 4ޖީ ޕްލަސް ނެޓްވޯކް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެ އެވެ.

މީގެ އިތުރުން އެސް9 އަދި އެސް9 ޕްލަސް ގަންނަ ހުރިހާ ކަސްޓަމަރުންނަށް ސެމްސަންގް އިން ނެރޭ ގިއާ ސްޕޯޓް ގަޑި ގަންނަން ބޭނުންވާނަމަ 30 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ. މި ގަޑި ރާއްޖެ ގެނެސް ވިއްކަން ފަށާނީ އެޕްރީލް މަހުގެ ކުރީ ކޮޅު ކަމަށް ދިރާގުން ބުނެ އެވެ.

ސެމްސަންގް ގެލެކްސީ އެސް9 އާއި އެސް9 ޕްލަސްގެ 64ޖީބީ އާއި 128ޖީބީގެ ފޯނު ހުރެ އެވެ. ކުލަތަކުގެ ތެރޭގައި މިޑްނައިޓް ބްލެކް، ކޮރަލް ބްލޫ އަދި ދި ނިއު ލައިލަކް ޕާޕަލް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.