އިންޑިއާ ކަނޑު މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓެލެސްކޯޕު ބ. އަތޮޅުގައި އޮންނަ އަނަންތާރާ ކިހަވައް ވިލާސް ރިސޯޓުގައި ބަހައްޓައިފި އެވެ.
މި ޓެލެސްކޯޕުން އެ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ މޫދާއި ގޮނޑުދޮށްތަކުގެ އިތުރުން އުޑުމައްޗާއި ތަރިތަކުގެ ރީތިކަން ބަލާލެވޭނެ އެވެ.
އަދި މަޑިކިލަނބުގައި ވާ އޮމެގާ ސެންޗަރީ އަދި މެސިއާ 13 ފަދަ އެތައް ލައްކައެއްގެ ތަރި ހިމެނޭ ގްލޮބިއުލާ ކްލަސްޓަރ ނުވަތަ ތަރި ބައިގަނޑުތައް ބަލައިލެވޭނެ އެވެ.
މިތަނުގައި އެސްޓްރޮނޮމާއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ކުރިން ސޮނެވާފުށީ ރިސޯޓްގެ އޮބަޒަވޭޓްރީގައި މަސައްކަތް ކުރެއްވި ތަޖުރިބާކާރު އަލީ ޝަމީމެވެ.
އަނަންތަރާ ކިހަވައް ވިލާސްގައި މި ޓެލެސްކޯޕު ބަހައްޓަފައިވަނީ ރޫފް ޓޮޕް ބާއެއްގައި ހުންނަ ޕްރައިވެޓް އޮބްޒަވޭޓަރީ އެއްގައެވެ.