ރަންނާ އެވޯޑް ހަފްލާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ

2016 ވަނަ އަހަރުގެ ރަންނާ އެވޮޑް ދިނުމުގެ ހަފްލާގެ ތެރެއިން

ބ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުންދޭ “ރަންނާ އެވޯޑް” ދިނުމުގެ ހަފްލާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ ކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ.

ރަންނާ އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން ބ. އަތޮޅަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އަތޮޅަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން 2016 ވަނަ އަހަރު ތައާރަފުކުރި އެވޯޑެކެވެ.

މި އެވޯޑު ހަފްލާގައި ތަފާތު ދާއިރާތަކުން ބ. އަތޮޅަށް ދިގުމުއްދަތަކަށް، ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް އަގުހުރި، ފާހަގަކޮށްލެވޭފަދަ ޚިދުމަތްތައް ތަފާތު އެކި ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތަކާއި، އަތޮޅަށް ފަޚްރުވެރި ވަނަތައް ހޯދައިދީފައިވާ ފަރާތްތަކަށްވެސް އެވޯޑު ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، ބ. އަތޮޅަކީ ހުރިހާ ދާއިރާ އަކުން ވެސް ފަންނީ ގާބިލް ބޭފުޅުން ތިބި އަތޮޅެއް ކަމަށާއި މި އެވޯޑް ހަފްލާއަކީ ވެސް މުޅި ބ. އަތޮޅު ދައްކުވައިދޭނެ ހަފްލާއެއް ކަމަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އެވޯޑް ދިނުމުގެ ހަފްލާ ވީޓީވީން ލައިވް ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.