މާރެސް އަތޮޅު ވޮލީ މުބާރާތަށް ފުރުސަތު ހުޅުވާލައިފި

ބ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މާރެސްގެ އަންހެން އަދި ފިރިހެން ޑިވިސަން ވޮލީ މުބާރާތް އަންނަ އޭޕްރިލް މަހު 27 ގައި ފަށާ ގޮތަށް ހަމަޖައްސައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާރެސް ޖަމިއްޔާއިން ބުނި ގޮތުގައި މިއަހަރުގެ މުބާރާތުގައި ބައިވެރިވާ މިއަތޮޅުގެ ރަށްތަކުން އޭޕްރިލް 7ގެ ކުރިން އެ ޖަމިއްޔާއަށް ހުށަހަޅަން ޖެހެއެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ އަތޮޅުގައި ތިބި ވޮލީ ކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި އެ ކުޅުންތެރިންގެ ވޮލީގެ ހުނަރު ތަރައްގީކުރުމާއި ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ ކަން އިތުރުކުރުންވެސް މި މުބާރާތް ބާއްވާ މަގުސަދުތައް ތެރޭގައި ހިމެނެ އެވެ.

މާރެސް އިން ބުނި ގޮތުގައި އަތޮޅު ވޮލީބޯޅަ މުބާރާތަކީ އަންހެން އަދި ފިރިހެން ޑިވިޝަން ވެސް ހިމެނޭގޮތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މުބާރާތެކެވެ.

ނިމިގެން ދިޔަ އަންހެންޑިވިޝަން މުބާރާތުގައި ލިބުނުފަދަ ތަރުހީބެއް މިމުބާރާތަށް ވެސް ލިބޭނެކަމުގެ ވަރަށްބޮޑު އުންމީދެއް އޮތް ކަމަށް އެޖަމިއްޔާއިން ބުނެ އެވެ.

މާރެސް ޖަމިއްޔާއިން ވޭތުވެ ދިޔަ އަހަރުތަކުގައި، ރަށުގެ ޓީމުތަކަށާއި އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން 9 މުބާރާތެއް ބާއްވާފައެވެ. މިމުބާރާތް ތަކުގައި ގައުމީޓީމުގެ ގިނަކުޅުންތެރިންނާއި ރާއްޖެއިންބޭރުގެ ކުޅުންތެރިން ވެސް ވާދަ ކޮށްފައިވެ އެވެ.

ރަށުފެންވަރުގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި މާރެސް ޖަމިއްޔާ އިން މިހާތަނަށް ދެ ކޯޗިން ކޭމްޕްވަނީ އެ ރަށުގައި ބާއްވާފައެވެ. މި ކޭމްޕްތަކުގައި ކޯޗްކޮށްދީފައިވަނީ ރާއްޖޭންބޭރުގެ ތަޖުރިބާކާރު ކޯޗުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.