ނ، ރ، ބ އަދި ޅ އަތޮޅުގައި ދިރާގުގެ ޕާޓްނާ ފިހާރަ ހިންގާނެ ފަރާތްތައް ހޯދަނީ

ނ، ރ، ބ އަދި ޅ އަތޮޅުގެ ބައެއް ރަށްރަށުގައި ދިރާގުގެ ބައެއް ހިދުމަތްތައް ދޭނެ ބިޒްނަސް ޕާޓްނަރުން ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފި އެވެ.

ދިރާގުން ވަނީ މި ސަރަހައްދުގެ ހަތަރު އަތޮޅުގެ 24 ރަށެއްގައި ދިރާގުގެ ރީލޯޑް ބިލް ޕޭ ގެ ހިދުމަތާއި، ޕްރިޕެއިޑް ކަނެކްޝަން ވިއްކުމުގެ ހިދުމަތްދޭނެ ޕާޓްނަރަކަށްވުމަށްއެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ރަށްތަކުގެ ތެރޭގައި ނ. ފޮއްދޫ، ހެނބަދޫ، ކުޑަފަރި، ލަންދޫ، ޅޮހި، މާފަރު، މަގޫދޫ، މާޅެންދޫ އަދި ރ. އަތޮޅުން އަލިފުށި، ފައިނު، ހުޅުއްފާރު، ކިނޮޅަސް، ވާދޫ އަދި ރަސްމާދޫ އެވެ. މީގެ އިތުރުން ބ. އަތޮޅުން ފެހެންދޫ، ކަމަދޫ، ފުޅަދޫ، ކިހާދޫ، މާޅޮސް، ކުޑަރިކިލު، ކުންފުނަދޫ (ސެނެވާފުށި) އަދި ޅ، މާފިލާފުށި، ފެލިވަރުގެ އިތުރުން އޮޅުވެލިފުއްޓެވެ.

މި ރަށްރަށުން ދިރާގުގެ ބިޒިނަސް ޕާޓްނަރަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދޭ ކަނޑައަޅާފައި ވަނީ އަންނަ މަހު 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ދިރާގުގެ ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ ނަންބަރު 3311399 އަށް ގުޅުއްވުމުންވެސް މައުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުންވަނި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ ބިޒްނަސް ޕާޓްނަރުން މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދެމުންނެވެ. އެގޮތުން މި ސަރައްދުގައި ބިޒިނަސް ޕާޓްނަރުންގެ ގޮތުގައި މިހާރު ހަރަކާތްތެރިވަނީ ނ. މަނަދޫ މައިސްޕޮޓް އާއި، ރ. ދުވާފަރު ޓްރިކޯ ކަނެކްޓް އާއި، ރ އުނގޫފާރު މާވެލި ޝޮޕް އާއި، ބ. އޭދަފުށީ ޖަސްޓްކިއުޓް މޮބައިލްސްގެ އިތުރުން ތުޅާދޫ މިލިއަން މޮބައިލް އާއި، ޅ ނައިފަރު ސެންސް އާއި އަދި ހިންނަވަރު ޓެގާ ޝޮޕް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.