އެންމެ ހިންގުންތެރި ކައުންސިލް އެވޯޑް މިއަހަރުވެސް ކުޑަރިކިލަށް

އެންމެ ހިންގުންތެރި ކައުންސިލަށް ހޮވުނު ކުޑަރިކިލު ކައުންސިލަށް ފައިސާގެ އިނާމު ހަވާލުކޮށްދެނީ

ބ. އަތޮޅު ކައުންސިލުންދޭ ރަންނާ އެވޯޑުގެ އެންމެ ހިންގުންތެރި ކައުންސިލް އެވޯޑް މިފަހަރު ވެސް ކުޑަރިކިލު ކައުންސިލަށް ލިބިއްޖެ އެވެ.

ބ. އަތޮޅުގައިދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ “ރަންނާ އެވޯޑް” ދިނުމަށް ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހަފްލާގައި މި އެވޯޑް އެ ކައުންސިލާ ހަވާލުކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އެވެ.

މިއަތޮޅު ރަށްރަށުގެ ކައުންސިލުތަކުގެ ތެރެއިން އެއް ވަނަ ކައުންސިލަކަށް ކުޑަރިކިލު ކައުންސިލު ހޮވުނު އިރު ދެވަނަ ކައުންސިލަކަށް ހޮވުނީ ފެހެންދޫ ކައުންސިލެވެ. އަދި ތިންވަނަ ލިބުނީ ގޮއިދޫ ކައުންސިލަށެވެ.

ތިންވަނަ އަށް އެންމެ ހިންގުންތެރި ކައުންސިލަށް ހޮވުނު ގޮއިދޫ ކައުންސިލަށް ފައިސާގެ އިނާމު ހަވާލުކޮށްދެނީ

އެއްވަނަ ކައުންސިލަށް ފައިސާގެ އިނާމުގެ ގޮތުގައި 50000ރ ދީފައިވާއިރު ދެވަނަ ކައުންސިލަށް 30،000 އަދި ތިންވަނަ ކައުންސިލަށް ދީފައިވަނީ 20،000 ރުފިޔާ އެވެ.

ރަންނާ އެވޯޑް” ދިނުމަށް ރޭ ބޭއްވި ޖަލްސާގައި މި އެވޯޑް ވަނީ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ އިތުރުން އެންމެ ރަނގަޅު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އަދި ކްލަބް ޖަމިއްޔާގެ އިތުރުން ރިސޯޓަށް ވެސް ދީފަ އެވެ.

އެންމެ ހިންގުންތެރި ޖަމިއްޔާއަށް ހޮވުނު ފޭލި ޖަމިއްޔާއަށް ފައިސާގެ އިނާމު ހަވާލުކޮށްދެނީ
އެންމެ ހިންގުންތެރި ޕީޓީއޭއަށް ހޮވުނު ބއތމ ޕީޓީއޭ އަށް ފައިސާގެ އިނާމު ހަވާލުކޮށްދެނީ

ބ. އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮތުގައި ހޮވުނީ، ކެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. އެންމެ ހިންގުންތެރި ޕީޓީއޭ އަކަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ ހޮވުނު އިރު، އެންމެ ހިންގުންތެރި ކްލަބް ޖަމިއްޔާއަކަށް ހޮވުނީ ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އެވެ.

ބ. އަތޮޅުން އެންމެ ހިދުމަތްތެރި ރިސޯޓަކަށް ހޮވުނީ ޑުސިޓް ތާނީ މޯލްޑިވްސް އެވެ.

އެންމެ ހިދުމަތްތެރި ރިސޯޓަށް ހޮވުނު ޑުސިޓް ތާނީ އަށް އެވޯޑް ހަވާލުކޮށްދެނީ

ރަންނާ އެވޯޑަކީ، ބ. އަތޮޅަށް ދިގުމުއްތަކަށް ފާހަގަކުރެވޭފަދަ ޝަރަފުވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް އަގުހުރި ޚިދުމަތްތައް ތަފާތު ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުގެ ގޮތުން ކައުންސިލުން ދެއްވާ އެވޯޑެކެވެ. މި އެވޯޑުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވީ އިޖްތިމާއީ ޚިދުމަތުގެ ދާއިރާއިން އޭދަފުށީ ހަތިހާ ޢަބްދުއްސައްތާރު ޢަލީ އާއި ތަޢުލީމީ ދާއިރާއިން ކުޑަރިކިލު، ހަޒާރުމާގޭ، ޢަބްދުލްޙަމީދު އާދަމް އަށެވެ.

އިޖްތިމާއީ ޚިދުމަތުގެ ދާއިރާއިން ޝަރަފުވެރިކއމުގެ އެވޯޑް އޭދަފުށީ ހަތިހާ ޢަބްދުއްސައްތާރު ޢަލީއަށް ދެއްވަނީ

ރަންނަ އެވޯޑު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތައްކޮށް، ބ. އަތޮޅަށް ރީތި ނަން ހޯދައިދީގެން 25 ފަރާތަކަށް އެވޯޑު ދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.