ރޭ އޭދަފުށީގެ ބޮޑުބަޔަކުން ފަސްގަޑިއެއްހާއިރަށް ކަރަންޓް ކެނޑުނީ ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިންކޭބަލެއް ހަލާކުވެގެން ކަމަށް އޭދަފުށީ އިންޖީނުގެއާ ހަވާލާދީ ރަށު ކައުންސިލުން ބުނެފި އެވެ.
އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާލުވީ ރޭ 9:30 އެހާކަންހާއިރު ރަށުގެ ހުޅަނގު ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑެން ދިމާވީ އެ ސަރަހައްދުގެ ފީޑަރަށް އަޅާފައިވާ މެއިން ކޭބަލަކަށް މައްސަލަ ޖެހިގެންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
“އެކަން ހައްލުކުރުމަށްފަހު އެ ސަރަހައްދަށް ވަގުތީ ކޭބަލެއް އަޅައިގެން ކަރަންޓްދެވުނީ ރޭ މެންދަމު 2:30 އޭހަކަންހާއިރު، މައްސަލަ މުޅިން ހައްލުކުރުމަށް އާ ކޭބަލެއް އެޅުމަށް ފެނަކައިން ދަނީ މަސައްކަތް ކުރަމުން،” ތޮލާލު ވިދާޅުވި އެވެ.
އޭދަފުށީގައި ބޭނުންކުރާ ކަރަންޓް، އިންތިހާއަށް މަތިވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ހާއްސަކޮށް ހޫނު މޫސުމާ ދިމާކޮށް ކަރަންޓް ކެނޑުމުގެ މައްސަލަތައް ކުރިމަތިވެ އެވެ.