ދިރާގުން އޯޓިޒަމް އެސޯސިއޭޝަން ކުދިންނަށް ޕްލޭގްރައުންޑެއް ގާއިމުކޮށްދެނީ

ދިރާގުން ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަހާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް އައުޓްޑޯ ޕްލޭގްރައުންޑެއް ގާއިމު ކޮށްދޭން ނިންމައިފި އެވެ.

ދިރާގުން ބުނި ގޮތުގައި މި ޕްލޭގްރައުންޑް ހުންނާނީ ހުޅުމާލޭގައި ހުންނަ މޯލްޑްވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަރުކަޒުގަ އެވެ. ޕްލޭގްރައުންޑް ގާއިމު ކޮށްދިނުމުގެ ގޮތުން ދިރާގު ގެ ފަރާތުން ޕްލޭގްރައުންޑް އިކުއިޕްމަންޓް ގެ ފުލް ސެޓްއަޕް ހަދިޔާ ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

“މި ޕްލޭގްރައުންޑްގައި ކުދިންގެ މޯޓަރ ސްކިލްސް ތަރައްގީ ވުމަށް ބޮޑު އެޙީތެރިކަމެއް ލިބިގެންދާނެ. މީގެ އިތުރުން ކުދިން އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވެގެންދާނެ،” ދިރާގުން ބުންޏެވެ.

މޯލްޑިވެސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމް އާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ އިތުރުން އާރލީ އިންޓަވެންޝަން ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. ހަމަ އެހެންމެ، ކުދިންނަން ކްލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ، ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެ އެވެ.

ދިރާގުން ބުނިގޮތުގައި ކުޑަކުދިންނަށް އެހީތެރިވުމަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާ އެވެ. ދިރާގު ގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިގޮތުން ކެއަރ ސޮސައިޓީ، އާކް، އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ސެންޓަރ ތައް ހިމެނެއެވެ. އަދި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ރާއްޖޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ހަރަކާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.