ފޭލި ޤުރްއާން މުބާރާތް، މި ފަހަރު ބަދަލުތަކާ އެކު

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ރޯދަމަހު ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުރިން ހުރިހާ އުމުރު ފުރާއަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް މިއަހަރު ހުޅުވާލާފައި ވަނީ 4 އަހަރުން މައްޗަށެވެ.

އުމުރުފުރާ އާއި މުގައްރަރަށް ބަދަލުތަކެއް

4 އަހަރާއި 7 އަހަރާ ދެމެދު (ބަލައިގެން 2 ފޮތް، ހިތުން 1 ފޮތް)
7 އަހަރާއި 10 އަހަރާ ދެމެދު (ބަލައިގެން 5 ފޮތް، ހިތުން 2 ފޮތް)
10 އަހަރާއި 13 އަހަރާ ދެމެދު (ބަލައިގެން 8 ފޮތް، ހިތުން 4 ފޮތް)
13އަހަރާއި 16 އަހަރާ ދެމެދު (ބަލައިގެން 12 ފޮތް، ހިތުން 5 ފޮތް)
16 އަހަރާއި 19އަހަރާ ދެމެދު (ބަލައިގެން 2 ފޮތް، ހިތުން 6 ފޮތް)
19 އަހަރާއި 35 އަހަރާ ދެމެދު (ބަލައިގެން 20 ފޮތް، ހިތުން 7 ފޮތް)
35 އަހަރުންމަތި (ބަލައިގެން 25 ފޮތް، ހިތުން 8 ފޮތް)

ވަނަ ހޮވުމުގައި ވެސް ބަދަލުތަކެއް

ކުރިން މި މުބާރާތުގެ ދެ ގޮފިން 1 ވަނަ، ދެވަނަ އަދި 3 ވަނައިގެ އިތުރުން އުމުރު ފުރާތަކުން ވެސް 1، 2 އަދި 3 ވަނަ ހޮވައެވެ. އޭގެ އިތުރުން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ބައިވެރިން ވެސް ހޮވައެވެ. ނަމަވެސް މިފަހަރު މުބާރާތުގެ ގަވައިދަށް ގެނައި ބަދަލާއެކު އުމުރުފުރާތަކުން އެންމެ މޮޅު 5 ބައިވެރިން ނުހޮވަ އެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ކޮންމެ ބައިވެރިއަކަށް ހަނދާނީލިޔުމަކާއި ހަދިޔާއެއް ލިބޭނެ ކަމަށް ފޭލިން ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވުމަށް މިމަހު 15 ގެ ކުރިން ފޯމް ހުށަހަޅަން ޖެހެ އެވެ.

މި މުބާރާތަކީ 2002 އިން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން މި މުބާރާތް ބާއްވާ 16 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.