ބ. އޭދަފުށީ އެމްޑީޕީ ހިތްވަރު ގޮފީގެ ރައީސް މުހައްމަދު ސާކިރު (އެސްޓީއޯ ސާކިރު) އެމްޑީޕީ ދޫކުރައްވައިފި ޕީޕީއެމަށް މިރޭ ސޮއި ކުރައްވައިފި އެވެ.
ސާކިރު ޕީޕީއެމަށް ސޮއި ކުރައްވާފައިވަނީ މިރޭ ޕީޕީއެމް އޮފީހުގައި އޮތް ހަފްލާއެއްގަ އެވެ. ސާކިރު ޕީޕީއެމަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެ ވަޑައިގެންނެވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި ޓްއަރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު އާ އެވެ. މިހަފްލާގައި ނިލަންދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް އާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެސްޓީއޯ ސާކިރުގެ އިތުރުން، އޭދަފުށީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އަންހެން ބޭފުޅުންތަކެއް ވެސް މިރޭ ވަނީ ޕީޕީއެމަށް ސޮއިކުރައްވާފަ އެވެ.
Maruhabaa
ޝާކިރަށް ލިބިލެއްވި އިންކަމް ބޮޑުވީ ކަމަށްވާނީ
Police meehun catering services nulibidhaanekamah
Saakiraa ahdhuraheemakee sto ge ………………….
Nafusu vikaalun noo ituru gotey saakiraka ney