ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބ. އަތޮޅުގެ ރަށްރަށުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓަރީން ފަށައިފި އެވެ.
ބ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތައް ގުޅިގެން އިއްޔެ ފެށި މި ޕްރޮގްރާމުގެ ދަށުން ރަށްރަށުގެ މިސްކިތްތަކުގައި މެންދުރު ނަމާދާއި އަޞްރު ނަމާދު އަދި އިޝާ ނަމާދަށްފަހު ދީނީ ދަރުސް ދިނުން ކުރިއަށްދާއެވެ.
އަތޮޅު ކައުންސިލުން ބުނީ މިފަދަ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގައި ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.