ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އޯޑިޝަން އޭދަފުށީގައި

ޕީއެސްއެމް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކުޑަކުދިންގެ ޤުރުއާން މުބާރާތަށް ކުދިން ހޮވުމަށް ބާއްވާ އޯޑިޝަން އަންނަ ހޮނިހިރު ދުވަހު އޭދަފުށީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީއެސްއެމުން ބުނިގޮތުގައި އޭދަފުށީގައި ބާއްވާ އޮޑިޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު މިރަށު މަލްޓިޕާޕަސް ސެމިނާ ރޫމުގަ އެވެ. އެގޮތުން އޮޑިޝަންގައި ކިޔެވުން ރެކޯޑްކުރުން ކުރިއަށްދާނީ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 1:30 އިން ހަވީރު 5:00 އަށެވެ.

ބަލައިގެން އަދި ހިތުދަސްކޮށްގެން ކިޔެވުމުގެ ގޮފިވެސް ހިމެނޭ މި މުބާރާތުގެ މުގައްރަރަކީ ސޫރަތުލް އައުލާއިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށެވެ.

ޕީއެސްއެމުން ބުނި ގޮތުގައި މިއަހަރުގެ މުބާރާތް ހާއްސަ ކުރެވިފައި ވަނީ ހަމައެކަނި 2018 އޭޕްރިލް 1 އަށް ފަސް އަހަރު ފުރި 8 އަހަރު ނުފުރޭ ކުދިންނަށެވެ. މުބާރާގެ ގަވައިދު ޕީއެސްއެމް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

އޮޑިޝަންގައި ބައިވެރިވާން އެޕްލިކޭޝަން ފޯމް ހުށަހަޅާކަށް ނުޖެހެ އެވެ. ކިޔެވުން ބޭއްވުމަށް ހަމަޖެހިފައިވާ ގަޑީގައި އައިޑީކާޑް ހިފައިގެން ދިއުމުން އޮޑިޝަންގައި ބައިވެރި ވެވޭނެ ކަމަށް ޕީއެސްއެމުން ބުނެއެވެ.

މީގެކުރިން މި މުބާރާތުގެ ބައިވެރިން މުބާރާތުގައި ކިޔެވުމަށް ދާންޖެހެނީ މާލެއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ޕީއެސްއެމް މި މުބާރާތަށް ކުދިން ހޮވުމަށް އަންނަނީ ރަށްރަށަށް ދަތުރުކޮށް ކިޔެވުން ރެކޯޑް ކުރުމަށްފަހު ޖަޖުންގެ ޕެނަލަކުން އެ ކިޔެވުމަކަށް މާކްސް ދީގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.