ވިލާ ކޮލެޖުން އޭދަފުށީގައި އާ ކޯސްތަކެއް ފަށަނީ

ވިލާ ކޮލެޖުގައި ދަރިވަރުންތަކެއް ކިޔަވަނީ: އާ ކޯސްތަކެއް އަންނަ މަހުގެ އެ ކޮލެޖުން އޭދަފުށީގައި ފަށަން ދަނީ ތައްޔާރުވަމުން.– ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ވިލާ ކޮލެޖުން އޭދަފުށީގައި އަނެއްކާސް މުޅިން އާ ކޯސްތަކެއް ފަށަން ނިންމައި އެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އަންނަ މޭ މަހު ވިލާކޮލެޖުން އޭދަފުށީ ފެށުމަށް ގަސްތުކުރާ ކޯސްތައް؛
1. މާސްޓަރ އޮފް އެޑިޔުކޭޝަން އިން ޓީޗިން (ވިލާ ކޮލެޖުގެ އަމިއްލަ ކޯހެއް)
2. ސެޓްފިކޭޓް 4 އިން ޝަރީއާ
3. ސެޓްފިކޭޓް 4 އިން ހިއުމަން ރިސޯސް މެނޭޖްމަންޓް
4. ސެޓްފިކޭޓް 4 އިން ބިޒިނަސް އެޑްމިނިސްޓްރޭޝަން
5. ބެޗެލާ އޮފް ޓީޗިން އިން ޕްރައިމަރީ
6. ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ
7. ބެޗެލާ އޮފް ޓީޗިން ދިވެހި ލޭންގްއޭޖް
8. ބެޗެލާ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް

މީގެ އިތުރުން އެކަށީގެންވާ އަދަދަށް ކުދިން ހަމަވެއްޖެ ނަމަ، ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުގެ ކޯސްތައްވެސް ފަށާނެ ކަމަށް އެ ކޮލުން ބުނެ އެވެ.

މި ކޯސްތަކުގައި ކިޔަވަން ޝައުގުވެރިވާ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ވިލާ ކޮލެޖުގެ މާކެޓިން ޓީމެއް އަތޮޅު ތެރޭގައި އޭދަފުށީގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން މިދިޔަ އަހަރު އޭލެވެލް އަދި އޯލެވެލް ނިންމާފައިވާ ކުދިންނަށާއި ކޯސްތަކުގައި ކިޔަވަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މިރޭ 8:30 ގައި އޭދަފުށީ ނިއަމި ޓްރޭޑް ކައިރީ އޮންނާނެ އެވެ. މި ސެޝަނުގައި ވީހާވެސް ގިނަ ކުދިން ބައިވެރިވުމަށް ވިލާ ކޮލެޖުން އެދެއެވެ.

އޭދަފުށީގައި މުޅިން އަލަށް ފަށާ މިކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮލެޖުން ވަނީ ހުޅުވާލައިފަ އެވެ. އިތުރު މައުލޫމާތު ހޯދުމަށް ‎7973343 / ‎9945017 އާ ގުޅުމަށް ވިލާ ކޮލެޖުން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.