ދިރާގު ޕޭ މެދުވެރިކޮށް ޓެކްސީއަށް ފައިސާ ދެއްކުމުން 1500ރ. ލިބުމުގެ ފުރުސަތު!

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނި ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ ގެ މުޅިން އާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނި ގޮތުގައި މޯބައިލް ފޯނާއި އެން.އެފް.ސީ ބޭނުންކޮށްގެން ތަކެއްޗާއި ހިދުމަތްތަކަށް ފަސޭހައިން ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފް ކޮށްފައިވާ ދިރާގު ޕޭގެ މި ޕްރޮމޯޝަންގެ ދަށުން އެ ހިދުމަތް މެދުވެރިކޮށް 25 ޓެކްސީ ދަތުރަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން އޮޓޮމެޓިކުން ގުރުވަތު ލުމެއްގައި ބައިވެރި ވެވޭނެއެވެ. އަދި މި ގުރުއަތު ލުމުން ހޮވޭ ނަސީބުވެރި 10 ކަސްޓަމަރުންންގެ ދިރާގު ޕޭ ވޮލެޓަށް 1500 ރުފިޔާގެ ކޭޝް އިން އެއް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ހަމައެކަނި މާލޭގައިއެވެ. އަދި މި ޕްރޮމޯޝަނުގެ މުދައްތު ހަމަވަނީ 30 ޖޫން 2018 އަށެވެ.

ދިރާގު ޕޭ ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގަ އެވެ. މި ހިދުމަތް ލިބޭ 100 އަށް ވުރެ ގިނަ ވިޔަފާރި ހުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.