ގޮއިދޫގައި ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަ ކޮށްފި

ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަކުރުމަށް ގޮއިދޫގައި ހިންގި ހަރަކާތްތަކުގެ ތެރެއިން: ފޮޓޯ/ގޮއިދޫ ސިއްހީ މަރުކަޒު

ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. ގޮއިދޫ ސިއްހީ މަރުކަޒުން ގިނަ ހަރަކާތްތައް ހިންގައިފިއެވެ.

ގޮއިދޫ ޞިއްޙީ މަރުކަޒުން ބުނި ގޮތުގައި ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެރަށުގެ 16 އަހަރުން މަތީގެ ރައްޔިތުން ހަކުރު ބައްޔަށް ސްކްރީން ކުރުމާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް ހަކުރު ބައްޔާބެހޭ ގޮތުން މަޢްލޫމާތު ވަނީ ދީފައެވެ.

ޑައިބެޓިކް އެސޯސިއޭޝަނާއި ގޮއިދޫ ޞިއްޙީމަރުކަޒު ގުޅިގެން ހިންގި މިހަރަކަތް ތަކުގެތެރޭގައި 20 އަހަރުން މަތީގެ އަންހެނުން ކެންސަރު ބައްޔަށް ސްކްރީން ކުރުމާއި ކެންސަރު ބައްޔާއި ބެހޭގޮތުން މަޢްލޫމާތު ދީފައިވާކަމަށް ގޮއިދޫ ސިއްހީ މަރުކަޒުން ބުނެއެވެ.

ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަކުރުމަށް ގޮއިދޫގައި ހިންގި ހަރަކާތްތަކުގެ ތެރެއިން: ފޮޓޯ/ގޮއިދޫ ސިއްހީ މަރުކަޒު
ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަކުރުމަށް ގޮއިދޫގައި ހިންގި ހަރަކާތްތަކުގެ ތެރެއިން: ފޮޓޯ/ގޮއިދޫ ސިއްހީ މަރުކަޒު

މީގެއިރުން ދުނިޔޭ ޞިއްޙަތު ދުވަހު ހަވީރު ހިނގާލުމެއް ބޭއްވުމާއި މޫދު ކަސްރަތު ކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ބައްވައިފަ އެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައި ފާހަގަ ކުރުނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.