އުރީދޫ މަސްރޭސް މިފަހަރު މުޅި ރާއްޖެއަށް

އުރީދޫން ކޮންމެ ރަމަޟާން މަހަކު ކުރިއަށް ގެންދިޔަ މަސް ރޭސް ދެއަހަރުގެ މެދުކެނޑުމަކަށްފަހު މުޅި ރާއްޖެއަށް ބާއްވާގޮތަށް ނިންމައި އިއްލާންކޮށްފިއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މަސް ރޭސް އިފްތިތާހު ކޮށްދެއްވީ ރާއްޖޭގެ ކުރީގެ ގައުމީ ޓީމްގެ ކުޅުންތެރިޔާ އަދި ފިޝަރީޒް މިނިސްޓްރީގެ ނައިބް ޝާހު އިސްމާއިލްއެވެ.

ރޭގެ ރަސްމިއްޔާތުގައި އުރީދޫގެ ޑައިރަކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ އަކީ އަބަދުވެސް ރާއްޖޭގެ މަސްވެރިންނާއި ގާތް ގުޅުމެއް ބާއްވާ ކުންފުންޏެއް ކަމަށާއި، މަސްރޭހަކީ މަސްވެރިން ވަރަށް ލޯބިކުރާ އަދި ފޯރި ހުންނަ މުބާރާތެއް ކަމަށެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ކޮލިފައިން ބުރަކާއި އެކު ދެބުރަކަށް ބަހާލައިގެންނެވެ. އެގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮލިފައިން ފެށުމަށް ހަމަޖެހިފައިވާ އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ރިސޯޓް، ކުންފުނި އަދި މިނިސްޓްރީތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އުރީދޫން ބުނީ ޒޯން ކޮލިފައިން ކުރިއަށްދާނީ ރާއްޖެ ތިން ޒޯނަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން އުތުރު އަދި މެދު އަދި ދެކުނުގެ ރިސޯޓުތަކުގެ ކޮލިފައިން އޮންނަނީ އެޒޯނެއްގައިކަމަށެވެ.

ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ލިބޭ ޓީމުތައް ދެވަނަ ބުރަށް ޖާގަ ލިބޭ އިރު، ކުންފުނިތަކާއި މިނިސްޓްރީތަކުގެ ކޮލިފައިން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާފުށީގައެވެ. އެ ބުރުގައި ޖާގަ ދިނުމަށް އުރީދޫން ނިންމާފައިވަނީ އަށް ޓީމަށެވެ.

މުބާރާތް ތިން މަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު ފައިނަލް ބުރުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރަމަޟާން މަހުގެ ތެރޭގައެވެ.

މި މުބާރާތުގެ އިވެންޓް ޕާޓްނާއަކަށް އުރީދޫން ހަމަޖައްސާފައިވަނީ ފީލް އިންވެސްޓްމަންޓްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.