އޭދަފުއްޓަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި، ކެންދޫން ދެ މީހަކު ހައްޔަރުކޮށްފި

އޭދަފުށިން އަތުލައިގަތް މަސްތުވާ ތަކެތި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. އޭދަފުއްޓަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި، މަސްތުވާތަކެއްޗާއެކު މިއަތޮޅު ކެންދޫން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އޭދަފުއްޓަށް އެތެރެކުރި މަސްތުވާ ތަކެތި ހޯދާފައިވަނީ މާލޭން އޭދަފުއްޓަށް އައި ލޯންޗަކުން ގެނެސްފައިވާ ފޮށިގަނޑެއް ހަވާލުވާނެ މީހަކުނެތި ހުރިކަމުގެ މަޢުލޫމާތު މިދިޔަ ހޯމަ ދުވަހު އޭދަފުށި ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން އެ ފޮށިގަނޑު ބަލައިފާސް ކުރުމުންނެވެ. އެގޮތުން މި ފޮށިގަނޑު ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު 3 ރަބަރުޕެކެޓާއި ކުޑަ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާ ތަކެއްޗާއެކު ކެންދޫން ދެ މީހަކު ހައްޔަރުކުރީ އިއްޔެ އެވެ.

ކެންދޫން އަތުލައިގަތް މަސްތުވާ ތަކެތި

ފުލުހުން ބުނި ގޮތުގައި އެ ދެމީހުން ހައްޔަރުކުރީ މަސްތުވާތަކެތި ހިފައިގެން ޑިންގީއެއްގައި ބ. ކެންދުއަށް އަންނަކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ކެންދޫ ޕޮލިސް ޑެސްކާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެނ ހިންގި އޮޕަރޭޝަންގައެވެ.

މިދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 03 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.