ދަރަވަންދޫ ކައުންސިލް ޔޫތް ފުޓްސެލް ޗެލެންޖް ފަށައިފި

ދަރަވަންދޫ ކައުންސިލް ޔޫތް ފުޓްސެލް ޗެލެންޖް. ފޮޓޯ/ދަރަވަންދޫ ކައުންސިލް

ބ. ދަރަވަންދޫ ކައުންސިލްގެ ފަރާތުން މިދިޔަ އަހަރު ފެށި ޔޫތު ފުޓްސެލް ޗެލެންޖްގެ ދެވަނަ މުބާރަތް “ޔޫތު ފުޓްސަލް ޗެލެންޖް 2018” އިއްޔެ ފަށައިފިއެވެ.

ދަރަވަންދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ފެށި މި މުބާރާތުގައި އަވަށްޓެރި ދޮންފަން އާއި ކިހާ މޯލްޑިވްސް ރިސޯޓާއެކު ދެ ގުރޫޕުގައި ޖުމްލަ 8 ޓީމު ވާދަކުރެ އެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަލީ މާޖިދު ޝަރަފުވެރިކޮށްދެއްވި މި މުބާރާތް ފެށިމެޗުގައި ވާދަކުރީ ގްރޫޕް އޭ ގެ ކިހާ މޯލްޑިވްސް އާއި ކަންމަތި ސްޕޯޓްސް އެވެ. މިމެޗް 1-2 ން ކާމިޔާބުކުރީ ކިހާ މޯލްޑިވްސްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކިހާ މޯލްޑިވްސްގެ އަބްދުލް އަޒީޒް މޫސާއެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ދޮންފަން އާއި ނިއު ސްޕީޑެވެ. މި މެޗް 6-3 ން ކާމިޔާބުކުރީ ދޮންފަން އެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅެވޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެފްސީ އެކުވެރިންނާއި އެންމެ ފަހުގެ ޗެންޕިއަން ފްރެންޑްސް ޔުނައިޓެޑެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ ކިންގްސް ޔުނައިޓެޑާއި ޗަނބޭލީ އެފްސީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.