ސަރުކާރުގެ އޮފީސްތަކުން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ތަންތަނުން އިސްނަގައިގެން ކުރާ އުފެއްދުންތެރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ ސިވިލް ސާވިސްގެ އީޖާދީ އެވޯޑް ބ. މާޅޮހު ކައުންސިލަށް ލިބިއްޖެ އެވެ.
މާޅޮހު ކައުންސިލުން ސިވިލް ސާވީސް އިޖާދީ އެވޯޑްގެ ބްރޮންޒް މެޑަލް ހާސިލްކުރީ ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ދާއިރާއިން އެ ކައުންސިލުން ހިންގާ “ފެހިފަހި ގަސްކާނާ” މަޝްރޫ އަށެވެ.
ސިވިލް ސަރވިސްގެ 5 އިދާރާއެއްގެ 7 މަޝްރޫއަކުން މިއަހަރުގެ ސިވިލް ސާވިސް އީޖާދީ އެވޯޑް ހާސިލުކުރި އެވެ.
އިނާމު ހާޞިލުކުރި ފަރާތްތަކާ އީޖާދީ އިނާމު ހަވާކުރުން އޮތީ މިއަދު ފެށުނު ސިވިލް ސާވިސް 4 ވަނަ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.