އަގުބޮޑު އިނާމްތަކާ އެކު ފަސްމުގޫގެ ރޯދަ ސޭލް ފަށައިފި

ފަސްމުގޫ

ފަސްމުގޫ އިން ކޮންމެ އަހަރަކު ރޯދައާ ދިމާކޮށް ކުރިއަށް ގެންދާ މި އަހަރުގެ ރޯދަ ސޭލް، އަގުބޮޑު އިނާމްތަކާ އެކު މިއަދު ފަށައިފި އެވެ.

ބ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލްކޮށް ވިޔަފާރި ކުރާ ފަސްމުގޫ ގްރޫޕުން ބުނީ މި ފަހަރުގެ ރޯދަ ސޭލްގައި ވެސް 200ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ މީހަކަށް ބައިވެރިވެވޭނެ ކަމަށެވެ.

ފަސްމުގޫ ރޯދަ ސޭލުގައި މިފަހަރު ވެސް އެއްވަނަ އިނާމަކަށް 15،000ރ. ދޭ އިރު، ދެ ވަ ނަ އިނާމަކަށް ދޭނީ 10،000ރ. އެވެ. އަދި ތިންވަނަ އިނާމަކަށް 5000ރ. އެވެ. އަދި އޭގެ އިތުރުން އިތުރު ހަތް މީހަކު ހޮވައި ކޮންމެ މީހަކަށް އަގުހުރި ތަފާތު ތަކެތި ދިނުމަށް ވަނީ ނިންމައިފަ އެވެ.

ފަސްމުގޫގެ އޮފިޝަލަކު ވިދާޅުވީ އަންނަ ޖޫން މަހުގެ 15ގެ ނިޔަލަށް ކުރިޔަށް ގެންދާ ސޭލްގެ ގުރުއަތުގައި ބައިވެރިވޭނީ 200ރ. އިން މަތީގެ ވިޔަފާރިކުރާ މީހުންނަށް ކަމަށެވެ.

“އަޅުގަނޑުމެން މިފަހަރު ވެސް މިވަނީ ރޯދައާ ދިމާކޮށް ބަދިގެ އާއި ގޭތެރެ އަށް ބޭނުންވާ ވަރަށް ގިނަ ސާމާނު ގެނެސްފައި. ރޯދަ ސޭލުގައި ހާއްސަ އަގުތަކުގައި މިތަކެތި ލިބޭނެ، އޭނާ ވިދާޅުވި އެވެ.

ފަސްމުގޫ ގްރޫޕުން ބުނީ މި ފަހަރުގެ ސޭލްގައި ވެސް އެ ގްރޫޕުން ހިންގާ ފަސްމުގޫ ބިލްޑްވެއާ އިން ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ގުރުއަތު ނެގުން މިއަހަރުވެސް ބޮޑު ޝޯއަކާއެކު ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.